ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅުބިލަ މަސް ގަންނަ އަދަދު 53 އިންސައްތަ ދައްވެއްޖެ: އެމްއެމްއޭ

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސް ކުންފުނިތަކުން މަސް ގަންނަމުންދާ މިންވަރު 2022 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާރގައި ދައްވެފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން، 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން ތިން ވަނަ ކުއާޓަގައި މަސް ގަންނަ ކުންފުނިތަކުން ގަންނަމުންދާ އަދަދުތައްވަނީ ދަށަށް ގޮސްފައިކަމަށް އެމްއެމްއޭއިންވަނީ ފާހަގަކޮށްފައެވެ. އެމްއެންއޭއިން ބުނެފައިވާގޮތުން ގަންނަ އަދަދުތައް ދައްވެފައިވާނަމަވެސް، މަސް ބޭރުކުރެވޭ މިންވަރުތައް ވަނީ މައްޗަށް ގޮސްފައެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން، ތިން ވަނަ ކުއާޓަރގައި މަސްވެރިންގެ އަތުން ގަނެފައިވަނީ 14،452 މެޓްރިކްޓަނު މަސް ކަމަށެވެ. އަދި އެއީ 2021 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާރ އާއި އަޅާ ބަލައި 19 އިންސައްތައިގެ ވެއްޓުމެއް ކަމަށް ފާހަގަކޮށް އެ މުވައްސަސާއިން ބުނެފައިވާގޮތުން، މި ފަދަ ބަދަލެއް އައިސްފައިވަނީ މަސް ގަންނަމުންދާ އަދަދުތައް ދައްވުމުގެ ސަބަބުން ކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން 2021 ވަނަ އަހަރާއި އަޅާ ކިޔާއިރު، 2022 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރގައި ގަނެފައިވާ ކަޅު ބިލަ މަހުގެ އަދަދުތައްވަނީ 53 އިންސައްތައިން ވެއްޓިގެން ގޮސްފައެވެ. އަދި ކަންނެލީގެ އަދަދުތައްވެސް 5 އިންސައްތައިން ދައްވެފައިވާކަމަށް އެ މުވައްސަސާއިން ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން، އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ގިނައިން ދިވެހި މަސްވެރިން މި ކުއާޓާރގައި މަސް ބާނާފައިވާނަމަވެސް، މަސްގަންނަ އަދަދުތައް ވެއްޓިގެންގޮސްފައިވަނީ ސްޓޯރެޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ކުންފުނިތަކަށް ގަންނަ މަސް ރައްކައުކުރުމުގައި ދަތިތައް ހުރުމުގެ ސަބަބުންކަމަށެވެ. އެހެން ނަމަވެސް ގައުމުގެ ތެރޭގައި މަސް ގަންނަ އަގުވަނީ މައްޗަށްގޮސްފައިކަމަށް އެ މުވައްސަސާއިން ފާހަގަކޮށްފައިވެއެވެ.

މުވައްސަސާއިން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، ކުންފުނިތަކުން މަސް ގަންނަ އަދަދުތައް ވެއްޓިގެންގޮސްފައިވާނަމަވެސް، ބޭރު ކުރާ މަހުގެ އަދަދުތައްވަނީ 2 އިންސައްތައިން އިތުރުވެފައެވެ. އެމްއެމްއޭއިން ބުނެފައިވާގޮތުން އިތުރުވެފައިވަނީ ގަނޑު ކުރި ކަންނެލި މަސް އެކްސްޕޯޓު ކުރާ އަދަދުކަމަށާއި އެ އަދަދުތައްވަނީ ދެ ގުނަ ވެފައިކަމަށް އެ މުވައްސަސާއިން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، ގަނޑު ކުރި ކަޅު ބިލަ މަސް އަދި ތާޒާ ކަންނެލި މަހާއި ފިނި ކުރި ކަންނެލި މަހުގެ އަދަދުގެ އިތުރުން ދަޅާއި ޕެކެޓުގައި ބަންދު ކުރެވިފައިވާ މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރާ މިންވަރު ދައްވެފައިވާކަމަށް އެ މުވައްސަސާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: