ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ނޭޝަން ފީފާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ނޭޝަން އިން ބާއްވާ ފީފާ މުބާރާތަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ އިން ބުނިގޮތުގައި އެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާފައިވާ ކަމަށެވެ.

މި މުބާރާތަކީ އީޓުއެސް ގޭމިން ފުވައްމުލަކު އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ އާއި ފުވައްމުލައް އަދި އައްޑޫ އާއި ކުޅުދުއްފުށީގައި ބާއްވާ މުބާރާތެއް ކަމަށް ވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

މުބާރާތުގައި އެއްވަނަ އަށްދާ ފަރާތަކަށް ނިކާއީ 65 އިންޗިގެ ސްމާޓް ވެބް އޯއެސް 4ކޭ އަލްޓްރާ އެޗްޑީ ޓީވީ އެއް ލިބިގެންދާނެއެެވެ.

ދެވަނަ އަށްދާ ފަރާތަށް ގޭމިން ކިޓް ( ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އާއި ތިންވަނަ އަށް ދާ ފަރާތަކަށް ހައިސެންސް ބާ އެޗްއެސް 201-60 2.0 ޗެނަލް ސައުންޑް ބާއެއް ލިބޭނެއެވެ.

އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2002 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯޅަ ފޯރި ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާން ކުރި މުބާރާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: