ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 7 ގައި ބޭއްވުމަށް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ބޭއްވުމަށް ނިންމައިފިއެވެ.

އޫރީދޫ އިން ބުނެފައިވަނީ ޖަލްސާ އޮންނާނީ މާރޗް މަހުގެ 7 ވަނަ ދުވަހުގެ ރޭ 08:30 ގައި ކަމަށެވެ. ޖަލްސާގައި އޮންލައިންކޮށް ނުވަތަ ހުޅުމާލޭ ސެންޓްރަލް ޕާކަށް ގޮސްގެންވެސް ޖަލްސާގައޮ ބައިވެރިވެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. ސެންޓްރަލް ޕާކަށް ގޮސްގެން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ 200 ހިއްސާދާރުންނަށެވެ. އަދި އޮންލައިން ކޮށް ‘ފަހި ވޯޓު’ ބޭނުންކޮށްގެން ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާ ހިއްސާދާރުންނަށް އެކަނި ކަމަށާއި ރަޖިސްޓަރީ ކުރުމަށް އެމްއެސްޑީ އޮންލައިން ސިސްޓަމް “އިންފިނިޓީ” މެދުވެރިކޮށް ނުވަތަ ފޯމް ހުށަހަޅައިގެން ރަޖީސްޓްރީ ކުރެވޭނެ ކަމަށް އުރީދޫ އިން ވަނީ މައުލޫމާތު ދީފައެވެ.

ފޯމު ހުށަހަޅާ މީހުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 08:30 ގެ ކުރިން މެއިލްކުރުމަށް އެ ކުންފުނިންވަނީ އެދިފައެވެ.

ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭ 7:30 އާއި 08:30 އާ ދެމެދު އެތަނަށް ހާޒިރުވި ރަޖިސްޓްރީ ކުރުމުށާއި އަދި ރަޖިސްޓްރީ ކުރަން ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ހިފައިގެން ދިއުމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: