ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫލީ ރޯދަ ސޭލް ފަށައިފި

މޫލީ ރޯދަ ސޭލް ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާ ތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް ލިބޭ، މަގްބޫލު އީކޮމާރސް ޕްލެޓފޯރމް މޫލީ ރޯދަ ސޭލް ފަށައިފިއެވެ.

އުރީދޫއިން މިކަމާއި ގުޅޭ ގޮތުން ބުނީ ރަމަޟާން މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށްވުމުން އާއިލާ އާއި ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދަކަމަށެވެ. ހަމަ އެއާއެކު، ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީވެސް ރަމަޟާން މަހައް ތައްޔާރުވުމުގެ ބޮޑު ބަޔެއްކަމަށެވެ.

އެގޮތުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާ ތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް ލިބޭ، މަގްބޫލު އީކޮމާރސް ޕްލެޓފޯރމް މޫލީ ރޯދަ ސޭލް ފަށާފައިވާކަމަށް އުރީދޫއިން ބުނިއެވެ.

މި ސޭލް ރޯދަމަސް ނިމެންދެން ކުރިއަށްދާޢިރު ބައްލަވައިގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރކޮށްލަދޭނެކަމަށް އުރިދޫއިން ފާހަގަކުރެއެވެ.

ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ސޭލް ސެކްޝަނުގައި ފަރުނީޗަރ، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓަރސް އަދި  ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް ވަނީ ހިމަނާފައިވާކަމަށާއި، އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރުހިފޭ މަރޗަންޓުން ޕްލެޓފޯރމގައި ފީޗަރ ކުރައްވާ ޕްރޮޑަކްޓްކެއްކަމަށްވެސް އުރީދޫއިން ބުނިއެވެ.

މޫލީ ޓީމުން ދެންނެވިގޮތުގައި ކުރިއަށް އޮތްތަނުގައި ގިނަ މަރޗަންޓުންނާއިއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: