ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ “އަތޮޅު ދުވުން” ގެ އެއްވަނަ އިނާމަކަށް އުމްރާ ދަތުރެއް!

އުރީދޫ އަތޮޅު ދުވުން ގޭމް: ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ “އަތޮޅު ދުވުން” ގޭމްއިން އެއްވަނައަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެ މީހުންނަށް ދެވޭނެ އުމްރާ ދަތުރެއް ލިބޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫއިން މި އަހަރުގެ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް ކަނޑައެޅިފައިވާ “އަތޮޅު ދުވުން” ހަރަކާތާއި ގުޅޭގޮތުން ނެރިފައިވާ ބަޔާނުގައިވާގޮތުން އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ލީޑާރބޯޑުގެ އެއްވަނައިގައި ހިމެނޭ މީހަކަށް ލިބޭނީ އުމްރާ ދަތުރެއްކަމަށެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން “އަތޮޅު ދުވުން” ގެ ނަމުގައި ކުރިއަށް ގެންދާ މި ކުޅިވަރު ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭނެ ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ އެންޑްލަސް ރަން ގޭމެވެ. އަދި އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް”ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި ދާނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށާއި ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ދާނެކަމަށް ނުވަތަ ލެވަލް އަންލޮކް ވެގެން ދާނެކަމަށް ބުނެފައިވެއެވެ.

އުރީދުން އިން ބުނެފައިވާގޮތުން ގޭމްގެ މާޗް އަޕްޑޭޓް އެއް ވަނަ ދުވަހުން ފެށިގެން ލިބިވަޑައިގަންނަވާނެއެވެ. އަދި އެޕަލް އެޕްސްޓޯރއިންނާއި ގޫގަލް ޕްލޭސްޓޯރއިންވެސް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެކަމަށް ހިއްސާކޮށްފައިވެއެވެ.

އަތޮޅު ދުވުމުގެ މާޗު މަހުގެ ޕާޓްނަރަކީ ގިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްކަމަށާއި އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދިނުމަށް ކަނޑައެޅިފައިވަނީ އެ ޕާޓުނާޝިޕުގެ ދަށުންކަމަށްވެސް ބުނެފައިވެއެވެ. އުރީދޫއިން ބުނެފައިވާޣޮތުން ގޭމްގެ ތެރެއިން ބޯނަސް ޑާޓާ އަދި މޫލީ ވައުޗަތުތައްވެސް ލިބުމުގެ ފުރުސަތު މި މަހުގެ ތެރޭގައި އޮވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން އަތޮޅު ދުވުން ގޭމްގައި 12 ލެވަލް ހިމެނޭނެއެވެ. އަދި ކޮންމެ މަހަކު އާ ލެވެލްއެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެކަމަށާއި އަންލޮކްވާ ލެވެލްތައް ކުލެވޭނީވެސް ހަމައެކަނި އެ މަހަކު ކަމަށް ފާހަގަކޮށްފައިވެއެވެ.

އުރީދޫއިން ބުނެފައިވާގޮތުން ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއްވެސް ހިމަނާފައިވާނެކަމަށެވެ. އަދި އާޓްވޯކް ގޭމް ކުޅުމުގެ ތެރެއިން ހޯދައިގެން ބޯނަސް ލެވަލްތައްވެސް ކުޅެވޭނެކަމަށާއި މި ކަލަންޑަރާއި ގޭމު ތައްޔާރުކުރީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އުރީދޫއިން ބުނެފައިވާގޮތުން މާޗު މަހުގައި “އަތޮޅު ދުވުން” ފެށިގެންދާނީ ނ ލަންދޫއިންނެވެ. އަދި އެ ރަށަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެއްކަމަށާއި އެންމެ ގިނައިން ކުޅަވަށް އުފެދޭ އަދި އޭގެން ތަކެތި ތައްޔާރުކުރާ ރަށަކީވެސް ލަންދޫކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: