ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ޑްރޯން ރޭހެއް ބާއްވަނީ!

އުރީދޫ ޑްރޯން ރޭސް: ފޮޓޯ/ އުރީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫއިން ރާއްޖޭގައި ޑްރޯން ރޭހެ އިންތިޒާމުކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާގޮތުން މި މުބާރާތް ކުރިއަށް ގެންދާނީ ފަންރަން ހަރަކާތަކާއިވެސް އެކުގައެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ރޭސްކަން ފާހަގަކުރެވެއެވެ. އުރީދޫއިން ހާމަކޮށްފައިވާގޮތުން މި މުބާރާތްކުރިއަށް ގެންދަނީ ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ.

އެގޮތުން މުބާރާތްކުރިއަށް ގެންދަނީ ބާރަ އަހަރުން މަތީގެ ކެޓަގަރީއަކާއި 16 އަހަރުން މަތީގެ ކެޓަގަރީއެއްހިމެނޭހެންނެވެ. ބާރަ އަހަރުން މަތީ ކެޓަގަރީއަށް ދީފައިވަނީ ސްކައިވޯކާރ ކެޓަގަރީގެ ނަންކަމަށްވާއިރު، 16 އަހަރުން މަތީގެ ކެޓަގަރީއަށް ދީފައިވާ ނަމަކީ ސްކައި އެލީޓެވެ. މި ރޭސްކުރިއަށް ގެންދާނީ އެކަމަށް ހާއްސަ އޮބްސްޓަކަލްސް ޓްރެކެއްގައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 22 ވަނަ ދުވަހުގައިކަމަށްވުމުން ބައިވެރިވެވޭނީ ޑިސެމްބަރުގެ ކުރިއަށް 12 އަދި 16 އަހަރު އަހަރު ފުރިފައިވާ ޑްރޯން ދުއްވާ ކުދިންނަށެވެ.

މި މުބާރާތުން އެކި އިނާމުތައްވެސް ހާސިލުކުރެވޭނެއެވެ. އެގޮތުން 16 އަހަރުން މަތީ ރޭހުން އެއްވަނަ އަށް ދާ ފަރާތަކަށް ޑީޖޭއައި މިނީ 3 އެއް ލިބޭނަކަމަށް އުރީދޫއިން ހާމަކޮށްފައިވާއިރު،. ދެވެނައަށް ދާ މީހަކަށް 5ޖީ އެއަރފައިބަރާއިއެކު 3 މަހުގެ ސަބްސްކްރިޕްޝަން ހިލޭ ދިނުމަށް ކަނޑައެޅިފައިވެއެވެ.

12 އަހަރުން މަތީގެ ކެޓަގަރީގައި އެއްވަނަ ފަރާތަކަަށް ޑީޖޭއައި މިނީ 2 އެސްއީ އެއް ދިނުމަށް ހަމަޖެހިފައިވާއިރު، ދެވެނައަށް ދާ މީހަކަށް 5ޖީ އެއަރފައިބަރާއިއެކު 3 މަހުގެ ސަބްސްކްރިޕްޝަން ހިލޭ ދިނުމަށް ކަނޑައެޅިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: