ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅިވަރަމްގައި މީހަކު މަރާލި މައްސަލައެއް ތަހުގީގު ކުރަނީ

ހދ ނޮޅިވަރަމް ކައުންސިލްގެ އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނޮޅިވަރަމްގައި މިއަދު އަންހެނަކު  މަރާލި ކަމަށް ބުނާ މައްސަލައެއް ފުލުހުން  ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ނޮޅިވަރަމްގައި މީހަކު މަރުވެފައިވާ ކަމަށް މިއަދު މެންދުރު 1:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު އެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ފުލުހުން ދިޔައިރު ހޭނެތިފައި އޮތް އަންހެނަކު ފެނިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި އެމީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މިއަދު މަރުވެފައިވަނީ 28 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: