ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްމާޓު ސިޓީ މަޝްރޫޢު އިތުރަށް ފުޅާ ކުރުމަށް އެޗްޑީސީން ހުވާވޭއާއެކު އެއްބަސްވުމެއް ގާއިމުކޮއްފި!

އެޗްޑީސީ އަދި ހުވާވެއި ލަންކާ ދެމެދު އެއްބަސްވުން ގާއިމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީގެ ސްމާޓު ސިޓީ މަޝްރޫޢު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހުވާވޭ ލަންކާ ޕްރައިވެޓު ލިމިޓެޑާއި ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން އެ ކުންފުނި އަދި ހުވާވެއި ލަންކާ ދެމެދު ސޮއި ކުރެވިފައިވާ އެމްއޯޔޫގެ ދަށުން ޒަމާނީ ވަސީލަތްތައް ފަރުމާކޮށް އެ ވަސީލަތްތަކުގެ ބޭނުން ހިފޭގޮތަށް ތަންފީޒު ކުރުމުގައި އެ ކުންފުނިން އެހީ ފޯރުކޮއްދޭނެއެވެ.

ހުވާވެއިއަކީ ޒަމާނީ ވަސީލަތްތައް ފަރުމާ ކުރުމާއި، އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ބައިނަލްއަގުވާމީ ލީޑަރުންގެ ތެރެއިން ކުންފުންޏެއްކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، ހުވާވެއި ލަންކާ އާއި ދެމެދު ގާއިމު ކުރެވިފައިވާ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ސްމާޓު ސިޓީ މަޝްރޫޢުގެ ތެރެއިން ބޮޑެތި ފައިދާތައް ލިބިގެންދާނެއެވެ.

ހުވާވެއިގެ ސީއީއޯ ޓާއޯ ގުއަންޔާއޯ ބުނެފައިވާގޮތުން، އެ ކުންފުންޏަކީ ރާއްޖޭގައި 12 އަހަރުގެ ތަޖުރިބާ ހާސިލުކޮއްފައިވާ ކުންފުންޏެކެވެ. އަދި އަބަދުވެސް މަސައްކަތްތައް އެ ކުންފުނިން ގެންގުޅެމުންދާ ”އިން މޯލްޑިވްސް ފޯ މޯލްޑިވްސް“ ޝިޔާރުގެ ދަށުންކަމަށާއި ދިވެހިރާއްޖޭގެ ޒަމާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީއިން ކުރިއަށް ގެންދާ ސްމާޓު ސިޓީ މަސައްކަތްތަކަކީ އެ ކުންފުނީގެ ސްމާޓުކޮމް ބްރޭންޑުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. އެޗްޑީސީއިން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ވަސީލަތްތައް ފޯރުކޮއްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: