ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ ރައީސް ސާލިހަށް: މަރު ކޮމިޝަން ލައްވާ ތިޔަ ކުޅުނު ފިލްމު ބަލާނެ ބައެއް ނެތް!

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ).
ޝެއާރކޮށްލާ ކަހަލަދޯ؟

މަރު ކޮމިޝަނުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ވާނުވާ ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގެ ތުހުމަތުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އަމާޒުކުރުމުގެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އިއްޔެ މަރުކޮމިޝަނުގެ ފަރާތުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ކޮމިޝަނުގެ ރައީސް ފަރީޝާ އަބްދުﷲ އާއި ކޮމިޝަނުގެ މެންބަރު މެމްބަރު މިސްބާހް އައްބާސްގެ ފޮޓޯއެއް ހިއްސާކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަމާޒުކޮށް އަބްދުލްރަހީމް ވިދާޅުވެފައިވަނީ އެދެމީހުން ލައްވާ ކުޅުނު ފިލްމް ބަލާނެ ބަޔަކު މިހާރު ގައުމުގައި ނެތްކަމަށެވެ. އަދި ރައްޔިތުންގެ ރައީސް ސާލިހަށް އަމާޒުކޮށް އެމަނިކުފާނަކީ ދޮގުވެރިއެއްކަމަށް ބުނާކަމަށް އަބްދުލްރަހީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ހިޔާނާތްތެރިއެއްކަމަށާއި، ޣައްދާރެކޭވެސް ބުނާކަމަށް އަބްދުލްރަހީމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ އިތުބާރު މިއަދު އޮތީ ރައީސް ޔާމީންއަށްކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީން އާއި “ކުޅެއް ނޫޅޭށޭ” އެވެ.

އަބްދުލްރަހީމ މިފަދައިން ޓުވީޓުކުރައްވާފައިޥާއިރު ރައީސް ޔާމީންއަށް އަމާޒުކޯށް މަރު ކޮމިޗަނުން ވަނީ ބޮޑު ތުހުމަތުތަކެއްކޮށްފައެވެ. އެގޮތުން ރިޟްވާން މަރާލުމުގައި ހިމެނޭ މީހުން ރައްޖެއިން ފުރީވެސް އެމަނިކުފާނުގެ އެއްބާރުލުން ލިބިގެންކަމަށާއި، އަދި ކުށްކުރާ ގޭންގުތަކަށް ރައީސް ޔާމީން ފަންޑުކޮށްފައިވާކަމަށްވެސް މަރު ކޮމިޝަނުން ބުންޏެވެ.

އެގޮތުން މި މައްސަލައިގެ ތުހުމަތު ކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ މުހައްމަދު މުނާޒު ސީރިޔާ ފުރުމުގެ ކުރިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް ރިލްވާން ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔާދީފައިވާ ކަމަށް ކޮމިޝަނަށް ކިޔާދީފައިވޭ. އަދި ސީރިޔާއަށް ފުރައިގެން ގޮސްފައިވަނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއި އެކުގައިކަން ތަހުގީގަށް އެނގިފައިވޭ.

މިކަމާއި ގުޅިގެން ކޮމިޝަނުގެ މެންބަރު މިސްބާހް ވިދާޅުވީ، އެ މައުލޫމާތު ކޮމިޝަނާއި ހިއްސާ ކޮށްފައި ވަނީ މުނާޒްއާ ވަރަށް ގާތް، އަދި މުނާޒް ސީރިއާގައި ހުރެގެން، އެ މީހުންނާއި ބައިވެރިވެގެން ހަނގުރާމަ ކުރުމަށް ސީރިޔާއަށް ދާން ރެކްރޫޓް ކުރަން އުޅުނު ފަރާތެއްކަމަށެވެ. މިކަން ދޮގުކޮށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ނޫސް ބަޔަނެއް އާންމުކޮށްފައިވާއިރު، ރަައީސް ޔާމީންގެ އަބުރުކަތިލުމަށްޓަކައި މިސްބާހް އެފަދަ ވާހަކަތަކެއް ދައްކާފައިވާތީ، އެމަނިކުފާނުގެ އަބުރު ނަގައިލުމުގެ ދައުވާ މިސްބާހުއާ ދެކޮޅަށް ކުރުމަށްޓަކަައި، މައްސަލައިގެ ފޯމް ތައްޔާރުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: