ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ރައީސް: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި!

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބާއްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ޕްރައިމެރީގައި ވާދަކުރުމަށް ހުށައަޅާ ކެނޑިޑޭޓަކަށް ތާއީދު އޮތް ކަން ދެއްކުމުގެ ގޮތުން ޕާޓީގެ 500 މެމްބަރުންގެ ތާއީދާއި އެކު މި މަހުގެ 24 ވަނަ ދުވަހުގެ 16:00 ގެ ކުރިން ކުރިމަތިލުމަށް އެދޭ ފޯމު ހުށައެޅުމަށް ބުނެފައިވެއެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ފޯމު ހުށައަޅަންޖެހޭނެކަމަށް ފާހަގަކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، ކެނޑިޑޭޓުންގެ ފައިނަލް ލިސްޓާއި ނަމްބަރުތައް އިއުލާނު ކުރާނީ ޑިސެމްބަރު 26 ވަނަދުވަހުގައެވެ. އަދި 28 ވަނަ ދުވަހު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލާނެކަމަށް ބުނެފައިވެއެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން ވޯޓާސް ލިސްޓާއިމެދު ޝަކުވާ ހުށައެޅުމުގެ ފުރުސަތު ބަންދު ކުރެވޭނީ 31 ޑިސެމްބަރުގައެވެ. އަދި ޖެނުއަރީ 3 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރާނެކަމަށާއި އެ މަހުގެ 10 ވަނަ ދުވަހުގައި ކެނޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލައި 15 ދުވަހު އެ ފުރުސަތު ބަންދު ކުރުމަށްފަހު 28 ވަނަ ދުވަހުގައި ޕްރައިމަރީ ބާއްވާނެކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޕްރައޮމެރީގައި ވާދަކުރާނެކަން އިއުލާނު ކޮށްފައި ވަނީ ރައީސް އޮބްރާހިމް ޖުހައްމަދު ސާލިޙްއާއި ރައީސް މުހައްމަދު ނަޝީދުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަސް އިއުލާނުކޮއްފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅުވައި ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ތެރޭގައިވަނީ ކޯޅުންތަކެއް އުފެދިފައެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަން އަދި ރައީސް ސާލިހަށް ތާއީދު ކުރާ ފެކްޝަންގެ ތެރޭގައި ބޮޑެތި ދެބަސްވުންތައް ހިނގަމުންދާއިރު، ރައީސް ނަޝީދު ވިދާޅުވާގޮތުން، އެމަނިކުފާނު ބޭނުންވެލައްވަނީ ރިޔާސީ އިންތިހާބުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެންގެވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: