ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ހަރަކާތަށް ނުކުމެދާނެތީ ހީކަރުވާނެ ކަމެއްނެތް: ރީކޯ މޫސަ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އަސްލު ހިތްވަރާއެކު ސިޔާސީ ހަރަކާތަށް ނުކުމެދާނެތީ ހީކަރުވާނެ ކަމެއް ނެތް ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވީ ހަރުގެ ޖަލްސާތައް ފަށާ ވާހަކަ ބުނުމުން ގައިން ހީބިހި ނަގައިގެން އުޅޭނެ ކަމެއް ނެތް ކަމަށެވެ.

 

މޫސަ ވަނީ ހަރުގެ ޖަލްސާތައް ފަށަން ތައްޔާރު ވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރާތީ ބަޔަކަށް އަސަރު ކުރާކަން އެނގޭ ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ގާތް ގުޅުމެއް އޮންނަ މޫސަ ވަނީ އަލުން އެމްޑީޕީ އާ ގުޅުމަށް ފަހު ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ބެލެވޭ ގޮތުގައި ހަރުގެ ޖަލްސާ ތައް އަލުން ފަށަނީ އަންނަ އަހަރުގެ ޖަނަވަރީ  މަހުގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީ އަށް ތައްޔާރު ވުމުގެ ގޮތުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކުރަންޖެހޭ މަަސައްކަތްވަނީ ކުރަން ފަށާފައެވެ. އެގޮތުން ކެމްޕޭން މެނޭޖަރެއް ކަނޑައަޅައި ކެމްޕޭން އޮފީހެއް ރައީސް ސާލިހުގެ ޓީމުން ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކަން އިއުލާން ކުރައްވައި އެމަނިކުފާނަށް ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން ރިޔާސީ ޕްރައިމަރީއަށް އެދި ހުށައަޅަންވާނީ ޕާޓީގެ 500 މެމްބަރުންގެ ތާއީދު އޮތް ކަމުގެ ހެއްކާއި އެކުއެވެ. އަދި މި މަހުގެ 24 ވަނަ ދުވަހުގެ 16:00 ގައި އެ ފުރުސަތު ބަންދުވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ނަޝީދު އެމަނިކުފާނު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވިއިރު، ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ތެރޭގައިވަނީ ފެކްޝަންތައް އުފެދި ބޮޑެތި ކޯޅުންތައް އުފެދިފައެވެ. މިހާރު ސަރުކާރުގައި ތިއްބަވާ ޕާޓީގެ ގިނަ މެމްބަރުންވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ތާއީދު ކުރައްވާނެކަން ހާމަކޮއްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: