ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްސް މައްސަލައެއް: ކޯޓުގައި ބުނީ ޖީބުން ފެނުނު ރަބަރު ޕެކެޓުގައި ހުރީ ގޮދަން ފުށްކަމަށް!

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަޖު ޖެހުމަށް ހާޒިރު ކުރުމުން، އޭނާގެ އަތުން ފުލުހުން ހޯދާފައި ވާ ޕެކެޓުގައި ހުރީ ރަސްޓެއްސަކަށް ލަނޑެއް ދިނުމުގެ ގޮތުން ގެންގުޅުނު ގޮދަންފުށް ޕެކެޓެއްކަމަށް ބުނެފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން 32 އަހަރުގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް ބަލައި ފާސް ކުރުމުން އޭނާގެ ލައިގެން ހުރި ޖިންސުގެ ކުރިމަތީ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުވާ އެއްޗެއް އަޅާފައި ހުރި އެއް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

ތުހުމަތުތަކަށް ކޯޓުގައި އޭނާ ބުނީ، އެއީ މަސްތުވާތަކެތި ނޫންކަމަށާއި އެއީ އޭނާގެ ގާތް ރަހުމަތްތެރިއަކާއި އެކު ޖެހި ސަކަރާތެއްގެ ތެރެއިން އޭނާއަށް ލަނޑެއް ދިނުމުގެ ގޮތުން ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށެވެ. އެހެންވެ، ގާޒީ ވަނީ އެ ޕެކެޓުގައި ހުރި އެއްޗެއް ތަހުލީލު ކުރުމަށް ފުލުހުންނަށް އަންގާފަ އެވެ.

ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް ޖެހިއިރު، ކޮންމެ ފަސް ދުވަހަކުން ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެއް އޮންނާނެ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި މައްސަލަ ކުރިޔަށް ގެންދާނީ، ކުށުގެ ތުހުމަތު ކުރެވޭ މީހާގެ ވަކީލެއްގެ ހާޒިރުގަ އެވެ.

ކްރިމިނަލް ކޯޓުގައި، މި މައްސަލައިގައި ބަންދު އަމުރާއި ކުށުގެ ތުހުމަތު ކުރާ މީހާގެ އަތުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ޕެކެޓު ތަހުލީލު ކުރުމަށް އެންގެވީ ގާޒީ ސޮފްއަތު ހަބީބެވެ.

މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރުމުން، އެއީ އެފަދަ އެއްޗެއް ބަންދުކޮށްފައި ހުރި ޕެކެޓުތަކެއް ނޫންކަމަށް ބުނެ މީގެ ކުރިން ވެސް ބައެއް މައްސަލަތަކުން ތުހުމަތު ކުރެވޭ މީހާ ސަލާމާތް ވާން މަސައްކަތްކޮށްފައި އެބަހުއްޓެވެ. އަދި ދާދި ފަހުން ވެސް އެފަދަ މައްސަލައެއްގައި، ކޯޓުގައި ތުހުމަތު ކުރެވޭ މީހާ ބުނީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބަދިގެ ކަބަޑު ތެރެއިން ނެގި ޕެކެޓުގައި ވަނީ ބޭކިން ޕައުޑަރު ކަމަށެވެ. އެ މައްސަލައިން އޭނާ ސަލާމަތް ވީ، އެ މަސްތުވާތަކެތިކަމަށް ފުލުހުން ބުނި، ނަމަވެސް އެއީ ސީދާ ކޮން ބާވަތެއްކަން ކޯޓުގައި ފުލުހުންނަށް ބުނެދެވިފައި ނުވާތީ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: