ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖްކުރުމަށް 5 މިލިއަން ޑޮލަރުގެ އެހީއެއް ޖަޕާނުން ރާއްޖެއަށް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާތެރިކަމާއެކު ކުނި މެނޭޖު ކުރުމަށާއި ކުނި ނައްތާލާ ތަންތަން ގާއިމް ކުރުމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް 5.4 މިލިއަން ޑޮލަރު (83 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކެއީ ޝުންސްކޭއެވެ.

ޖަޕާނުން ދޭ އެހީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ކުނި ނަގައި އަދި އެއްކުރުމުގެ ނިޒާމު ހަރުދަނާކޮށް ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް ރައްޔިތުންނަށް ދިމާވާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޖަޕާނު ސަރުކާރުން ވަނީ ބުނެފައެވެ.

މި އެހީގެ ދަށުން ވޭސްޓް ގްލާސް ކްރަޝާ އާއި ވޭސްޓް ކޭން  އާއި ޕްލާސްޓިކް ކޮމްޕްރެސަރ އާއި ލައިޓް ވެއިޓް ޓްރަކް ގެ އިތުރުން ވީލް ލޯޑަރާއި ކޮމްޕެކްޓް ޓްރަކް ފަދަ ކުނި އުކާލުމުގައި ބޭނުންކުރާ ޒަމާނީ އުޅަނދުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މި އެހީ ހަވާލު ކުރުމުގެ އެއްބަސްވުން ގާއިމްކޮށްފަައިވަނީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުނި މެނޭޖްކުރުމަށް ލިބޭ އެހީގެ ދަށުން 90 އަށް ވުރެ ގިނަ ރަށުގައި ރަނގަޅު ފެންވަރުގައި ކުނި މެނޭޖްކުރަނެ ނިޒާމް ގާއިމް ކުރެވި އެއްކުރާ ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަސީލަތްތައް ގާއިމް ކުރެވޭނެ ކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: