ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނު ސަރުކާރުގެ ފަރާތުން އެގައުމަށްގޮސް ކިޔަވަން ފުރުސަތުތަކެއް!

ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރު އެއްބަސްވުމެއްގައި ސޮއި ކުރަނީ: ފޮޓޯ/ ފޮރިން މިނސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރިސޯސް ޑިވެލްޕްމެންޓް ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ރާއްޖަށް އެހީ ދިނުމަށް ޖަޕާނު ސަރުކާރުން ނިންމައިފި އެވެ.

ދިވެހި ސަރުކާރާއި، ޖަޕާނުގެ ސަރުކާރާއި ދޭތެރޭގައި 2020 ވަނަ އަހަރު ގާއިމު ކުރެވިފައިވާ “ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް” އެއްބަސްވުމެއްގެ ދަށުން ދިވެހި ރާއްޖެއަށް އެހީގެ ގޮތުގައި 865،000 ޑޮލަރު ދިނުމަށް ޖަޕާނު ސަރުކާރުންވަނީ ނިންމާފައިއެވެ.

“ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް”ގެ ނަމުގައި ދެ ސަރުކާރު ދޭތެރޭގައި ގާއިމު ކުރެވިފައިވާ މި އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު ޓަކެއޫޗީ މިޑޯރީ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ.

“ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް”ގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް އެހީގެ ގޮތުގައި 865،000 ޑޮލަރު ދިނުމަަށް ކަނޑައެޅިފައިވާއިރު، މިއީ މި އެހީ ދިވެހި ރާއްޖެއަށް ޖަޕާނުގެ ފަރާތުން ލިބޭ ތިންވަނަ ފަހަރެވެ. އަދ މި އެހީގެ ދަށުން ސޯޝަލް ސައިންސަސްގެ ދާއިރާތަކުން ހަ މީހަކަށް ޖަޕާނުގައި ހުރެގެން މާސްޓާސް ޑިގްރީ ހެދުމަށް ފުރުސަތު ލިބިގެންދާއިރު، ހުރިހާ ހަރަދެއް ކުރާނީ ޖަޕާން ސަރުކާރުންނެވެ.

“ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް”އަށް ހޮވޭ ދަރިވަރުން ކިޔެވުން ފުރިހަމަށް ކުރުމަށް ހަމަޖެހިފައިވަނީ ޖަޕާންގައި ހުރި އެންމެ ރަނގަޅު ޔުނިވަސިޓީތަކުންކަން ފާހަގަކޮށްލެވެއެވެ. އަދި ޖަޕާނުގެ ސަރުކާރުން ދޭ މިއެހީގެ ދަށުން ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ ތައުލީމީ ގާބިލް މީހުން ބިނާކުރަން ފުރުސަތު ލިބިފައިވާކަމަށް ދިވެހި ސަރުކާރުން ބުނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: