ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުން ކަނޑަށް ނިއުކްލިއާރ ވޭސްޓު އެޅުމާއިއެކު ޗައިނާއަށް އެ ގައުމުގެ މަހުގެ ބާވަތްތައް ވެއްދުން މަނާކޮށްފި!

ޖަޕާނުގެ ފުކުށިމާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އެ ގައުމަށް ޖަޕާނުގައި އުފައްދާ ސީފުޑުގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޗައިނާއިން ޖަޕާނުގައި އުފައްދާ ސީފުޑުގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައިވަނީ، ޖަޕާނުގައި ހުންނަ ހަލާކުވެފައިވާ ނިއުކްލިއަރ ހަކަތަ އުފައްދާ ޕްލާންޓެއްގައި ހުރި ތަގައްޔަރުވެފައިވާ ފެންތައް ބޭރުކުރުމާއިއެކުއެވެ. އެގޮތުން ޖަޕާނުންވަނީ 1 މިލިއަން ޓަނުގެ ތަގައްޔަރުވެފައިވާ ފެން ޕެސިފިކް ކަނޑަަށް ދޫކުރުމުގެ މަސައްކަތްތައް ކޮށްފައިކަމަށް ރިޕޯޓުތަކުގައިވެއެވެ. އެކަމުގެ ސަބަބުން ޗައިނާއިން ވަގުތުން ވަގުތަށް ޖަޕާނުގެ އެންމެހާ ސީފުޑު އާލާތްތަކުގެ އިމްޕޯޓުތައް ހުއްޓުވާލާފައިވާއިރު، އެކަމުގެ ސަބަބުން އަވައްޓެރި މަސްވެރި މުޖުތަމައުތަކުގެ ނުރުހުންވެސް އަމާޒުވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ޖަޕާނުން ހުސްކުރުމަށް ނިންމާފައިވާ ނިއުކްލިއަރ ޕްލާންޓަކީ ޓޯކްޔޯ އިލެކްޓްރިކް ޕަވާ (ޓެޕްކޯ) ކުންފުނީގެ ބެލުމުގެ ދަށޫން ހުރި ތަނެއްކަމަށެވެ. އަދި އެ ކުންފުނިންވަނީ ޖަޕާނުގެ ސަރުކާރުން ހުއްދަ ދިނުމާއިއެކު މަދުން ނަމަވެސް ފެން ދޫކޮށްފައިކަމަށް ބުނެފައިވެއެވެ. ޓެޕްކޯއިންވަނީ ފެން ދޫކުރުމުގެ މަސައްކަތްތައް ކުރާކަން ހާމަކޮށްފައެވެ. އަދި ފެންދޫކުރުމަށް ބޭނުންކުރާ ޕަމްޕާއި ވަށައިގެންވާ ވަސީލަތްތަކުގައި އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގަނުކުރެވޭ ކަމަށް ބުނެފައިވެއެވެ.

އދގެ ފަރާތުން މި ފަދަ މަސައްކަތްތައް ބަލަހައްޓާ ފަރާތްތަކެއްވެސް މަސައްކަތްކުރެވިގެންދާ ސައިޓުގައި ހާޒިރުވެ ތިބޭނެކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ޓެޕްކޯގެ މުއައްޒަފުން ފެނުގެ ސާމްޕަލް ނެގުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ބުނެފައިވާއިރު، 30 ނުވަތަ 40 ވަރަކަށް އަހަރަށް ކުރިއަށް ގެންދާނެ ފެން ދޫކުރުމުގެ މަސައްކަތްތަކާއި ގުޅިގެން އަވައްޓެރި ގައުމުތަކުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ފުކުށިމާ ސަހައްދާއި ގާތުން ބާނާ މަސް ވިއްކުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެގެންދާނެކަމަށް ބައެއް ގައުމުތަކުން ދެކޭކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޗައިނާގެ ކަސްޓަމްސްއިން ބުނެފައިވާގޮތުން، އެ ގައުމުންވަނީ ޖަޕާނުން އެއްވެސް މަހުގެ ނުވަތަ ގުޅުންހުރި ބާވަތެއް ވެއްދުން މަނާކޮށްފައެވެ. އަދި އެ ފިޔަޅު ނަގާފައިވަނީ ރޭޑިއޯ އެކްޓިވް މާއްދާތަކުގެ ސަބަބުން ކާބޯތައްޗަށް އަސަރުކުރުމުގެ ފުރުސަތު އޮތުމުންކަމަށާއި ޖަޕާނުގެ މި ނިންމުމަކީ އަމިއްލަ އެދުން ބޮޑު މިންވަރާއި ޒިންމާދާރުކަން ކުޑަ މިންވަރުވެސް ފެނިގެންދާ އަމަލެއްކަމަށް ބުނެފައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، ކަނޑަކީ މުޅި ދުނިޔޭގެ އެންމެހާ އިންސާނުންގެވެސް ހައްގެކެވެ. އެހެންކަމުން ފުކުށިމާގައި ހުރި ނިއުކްލިއަރ ޕްލާންޓަކުން ކަނޑަށް ފެން ދޫކުރަން ގަސްތުކޮށް އެކަން ފެށުމަކީ އިންތިހާއަށް އަމިއްލަ އެދުން ބޮޑު ޒިންމާދާރުކަން ކުޑަ ނިންމުމެއްކަމަށާއި އެ ނިންމުމުން ބައިނައްލަގުވާމީ ދުނިޔޭޣެ މަސްލަހަތު ގެއްލިގެންދާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެ ގައުމުން ބުނެފައިވާގޮތުން، އެ ފެން ކަނޑަށް އަޅައި ޖަޕާނުންދަނީ ދުނިޔޭގެ އެހެން ގައުމުތައްވެސް ނުރައްކަލެއްގެ ތެރެއަށް ހުށައަޅަމުންނެވެ. އަދި އެކަމުގެ ސަބަބުން އަންނަނިވި ޖީލުތަކަށްވެސް ބޮޑު އަނިޔާއެއް ދެވިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: