ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ގަޔަށް ބަޑިޖަހައިފި

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރަށް ދިން ހަމަލާގެ ތެރެއިން: ފޮޓޯ/ ކިޔޯޑޯ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ ރައްޔިތަކު، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އާބޭ ގަޔަށް ބަޑި ޖަހައިފިއެވެ.

އެންމެ ދިގު މުއްދަތަކަށް ޖަޕާނުގެ ބޮޑު ވަޒީރުކަން ކުރައްވާފައިވާ ޝިންޒޯ އާބޭ އަށް ހަމަލާއެއް ދީފައިވަނީ، އެ ގައުމުގެ ނާރާ ސިޓީގައި، އެ ސިޓީގެ ރައްޔިތުންނާއި އެނާ މުހާތަބް ކުރައްވަން ހުނެވި ދަނޑިވަޅެއްގައިއެވެ. ބަޑިއެއްގެ ބޭނުންކޮށް، ޝިންޒޯއަށް ދީފައިވާ ހަމަލާގައި އެނާގެ މޭމައްޗަށްވަނީ ޒަހަމްތަކެއް ލިބިފައިއެވެ.

ބޭރުގެ ނޫސް ފަތުރާ ވަސީލަތްތަކުން ބުނާގޮތުން، ދެ ފަހަރަކަށް ބަޑީގެ އަޑު އިވިގެންދިޔައެވެ. އަދި ހެލިކޮޕްޓަރުގެ ބޭނުންކޮށް އެނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް، މޭ މަތިން ލޭ ފައިބަމުން ދިޔަކަމަށާއި، މި ވަގުތު އެނާ އޮތީ، ހިތުގެ ވަރުނެތި، ހުއްޓިދާނެކަމުގެ ބިރު ހީވެފައިވާ ފައްތަރެއްގައިކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ.

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އާބޭގެ ފުރާނައަށް އަމާޒުކޮށް، ހަމަލާއެއް ދިނުމާއި ގުޅިގެން މީހަކު ހައްޔަރު ކުރެވިފައިވެއެވެ. ހައްޔަރު ކުރެވިފައިވާ ފަރާތް އަތުން، ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރު ފެނިފައިވާކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ޖަޕާނުގެ ނާރާ ސިޓީއަށް ނިސްބަތްވާ 42 އަހަރުގެ ފިރިހެނެއްކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ.

ޝިންޒޯ އާބޭއަކީ، ޖަޕާނުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވާފައިވާ ބޭފުޅެވެ. 2006 ވަނަ އަހަރު ބޮޑު ވަޒީރު ކަމާއި ހަވާލު ވުމަށް ފަހު، ސިއްހީ ހާލަތު ދަށް ވުމުގެ ސަބަބުން އެނާ ވަނީ އެ މަގާމުން އިސްތިއުފާ ދީފައިއެވެ. އެނާއަށް ފަހު އެ ގައުމުގެ ބޮޑު ވަޒީރުގެ މަގާމަށް ފަސް މީހަކު އައްޔަނު ކުރެވުނު ނަމަވެސް، އޭގެން ކޮންމި މީހަކުވެސް ވަނީ، 16 މަސްދުވަަހަށްވުރެ ދިގު ދައުރެއް ހިފެހެއްޓުމަށް ނާގާބިލުވެފައިއެވެ.

ސިއްހީ ހާލަތު ރަނގަޅުވުމާއި ގުޅިގެން، 2012 ވަނަ އަހަރުގެ ތެރޭގައި ޝިންޒޯވަނީ ޖަޕާނުގެ ބޮޑު ވަޒީރުގެ މަގާމަށް ކުރިމަތިލާފައިއެވެ. އެނާ އެ އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު އަގުލަބިއްޔަތަކާއިއެކުއެވެ. 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ތެރެއަށް ބޮޑު ވަޒީރުގެ މަގާމު ފުރުއްވުމަށްފަހު، އަނެއްކާވެސް ސިއްހީ ހާލަތު ދަށަށް ދިއުމުގެ ސަބަބުން އެނާ ވަނީ ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: