ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ އެއަރޕޯޓެއްގައި ދެ އުޅަނދެއް ޖެހި ބޮޑު ހާދިސާއެއް ހިނގައިފި

ޖަޕާނުގެ ހަނޭޑާ އެއަރޕޯޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ އެއަރޕޯޓެއްގައި ދެ އުޅަނދެއް ޖެހި ބޮޑެތި ގެއްލުންތައް ލިބި މީހުން މަރުވެފައިވާކަަމަށް އެ ގައުމުން ކަށަވަރުކޮށްދީފިއެވެ.

ޖަޕާނުގެ މީޑިއާތަކުން ބުނާގޮތުން، ޓޯކްޔޯގެ ހަނޭޑާ އެއަރޕޯޓުގައި އެކްސިޑެންޑެއް ވެފައިވަނީ ފަސިންޖަރުން އުފުލާ އުޅަނދަކާއި ކޯސްޓު ގާޑު އުޅަނދެކެވެ. އަދި އެ އެކްސިޑެންޓުގެ ތެރޭގައި ފަސް މީހަކު މަރުވެފައިވާއިރު، އެއީ ކޯސްޓު ގާޑު އުޅަނދުގައި ތިބި މީހުންކަަމަށްވެސް ޖަޕާނުގެ ފުލުހުން ހިއްސާކޮށްފައިވެއެވެ.

ބޮމްބާޑިއާ ޑޭޝް 8 މަރުކާގެ ކޯސްޓު ގާޑު އުޅަނދުގައި އެވަގުތު ޖުމުލަ ހަ މީހަކު ތިބިއިރު، އެއީ އެ ގައުމަށް ދާދި ފަހުން އައި ބިންހެލުމުގައި އެހީ ފޯރުވުމުގައި ހަރަކާތްތެރިވަމުންދިޔަ އުޅަނދެއްކަމަށާްވެސް ޖަނާނުން މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ. އަދި ފަސިންޖަރުން އުފުލާ އުޅަނދުގައި އެވަގުތު 379 މީހަކު ތިބި އިރު، އެންމެނަށްވެސް ސަލާމަތާއި ހިސާބަށް ވާސިލުވެވުނުކަމަށް ހިއްސާކޮށްފައިވެއެވެ.

ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެނިގެންދާގޮތުން ފަސިންޖަރުން އުފުލާ އުޅަނދު ޖެއްސިވަގުތު ކޯސްޓު ގާޑު އުޅަނދުގައި ޖެހުމާއިއެކު އަލިފާން ރޯވެގެންދިޔައެވެ. މީޑިއާތަކުން ބުނާގޮތުން އެ ވަގުތު ކޯސްޓު ގާޑު އުޅަނދު މަޑުކޮށްގެން އޮތީ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ބަޔަކު މީހުންނަށް އެހީފޯރުވުމަށް ދިއުމަށް ތައްޔާރަށެވެ.

ޖަޕާނުގެ އެއަރޕޯޓެއްގައި މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގައި މިފަދަ ހިތާމަވެރި އިތުރު ހާސިދާތަކެއްވެސް ދިމާވެފައިވަނިކޮށެވެ. އެގޮތުން ބިންހެލުމެއް އައުމުގެ ސަބަބުން އިޔާދަކުރުމަށް ދަތިވާނެ ފަދަ ގެއްލުންތައް ލިބިފައިވާއިރު، ސުނާމީއެއް އައުމުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: