ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގައި ޖިންސީ ފުރައްސާރައިގެ މައްސަަލަ ހައްލުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ

ޖަޕާނުގެ ގާނޫނު ހަދާ މަޖިލީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގައި ޖިންސީ ފުރައްސާރަައިގެ އަމަލުތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އެ ގައުމުގައި ޖިންސީ މުއާމަލާތެއް ހިންގުމުގެ ހުއްދަ އުމުރަކީ 13 އަހަރެވެ. އަދި ފުރައްސާރައިގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އިންސާފަށް ވާސިލުވުމުގައި ބޮޑެތި ގޮންޖެހުންތަކާއިވެސް ކުރިމަތިލާންޖެހިފައިވާކަމަށާއި އެކަމުގެ ސަބަބުން ޝިކާރައަކަށް ވެގެންދާ ގިނަ ފަރާތްތަކުން އެފަދަ މައްސަލަތައް ރިޕޯޓު ކުރާ މިންވަރުތައް އިންތިހާއަށް މަދުކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް މިދިޔަ ހުކުރު ދުވަހުގައި އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުންވަނީ އެ މައްސަލައަށް ހަލުތަކެއް ގެނައުމަށްޓަކައި، ގާނޫނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ރޭޕު މާނަ ކުރެވޭ ގޮތަށް ބަދަލުތައް ގެނެސް ދެ ފަރާތުގެ ރުހުމާއި ނުލާ ހިންގޭ ޖިންސީ މުއާމަލާތްތައްވެސް އެގައުމުގެ ގާނޫނު ހަދާ ފަރާތްތަކުންވަނީ ޖިންސީ ފުރައްސާރައިގެ ގޮތުގައި ކަނޑައަޅާފައެވެ.

އެ ގައުމުގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލުތައް ގެނެސްފައިވަނީ އެފަދަ ހާލަތެއްގައި ބާރު ބޭނުންކޮށްފައިވުން ލާޒިމުވާކަމަށް ގާނޫނުގައި އޮތް އޮތުން އިސްލާހުކޮށް ޖިންސީ މުއާމަލާތެއް ހިންގުމުގެ ހުއްދަ އުމުރުވެސް 13 އަހަރުން 16 އަހަރަށް ބަދަލުކޮށްގެންނެވެ. އެ ގައުމުގެ މަޖިލީހުން ގާނޫނަށް ގެނެސްފައިވާ ބަދަލުތަކަކީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ކުރެވިފައިވާ އިސްލާހީ މަސައްކަތްތަކެއްގެ ނަތީޖާއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާގޮތުން، ޖަޕާނުގެ އަންހެނުންގެ ކޮންމެ 14 މީހެއްގެ ތެރެއިން އެކަކީ އެފަދަ ނުރައްކަލެއް ކުރިމަތިވެފައިވާ ފަރާތްތައް ކަމަށް ތަފާސް ހިސާބުތަކުންނާއި ދިރާސާތަކުން ދައްކައެވެ. އެހެންނަމަވެސް އެފަދަ ގޯނާއެއް ކުރިމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން ރިޕޯޓުކޮށްފައިވަނީ ދެ ބައިކުޅަ އެއް ބަަޔަށްވުރެވެސް މަދު އަދަދެއްކަމަށް ދައްކައެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ޖަޕާނުގެ ޖެންޑާރ އިކުއާލިޓީ ބިއުރޯގެ ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށެވެ.

މީގެ ކުރިން ޖަޕާނުގައި އެފަދަ މައްސަލަތަކަށް ހައްލު ގެނައުމަށްޓަކައި ގާނޫނުތަކެއް ފަރުމާކޮށްފައިވަނީ 1907 ވަނަ އަހަރުގައެވެ. މިހާރު ގެނެވިފައިވާ ބަދަލުތަކުގެ ކުރިން އެފަދަ މައްސަލައެއްގައި އަނިޔާ ލިބޭ ފަރާތުން ޖެހެނީ ގަދަ ބާރުން ނުވަތަ ބިރުދައްކައިގެން ގޯނާކުރިކަމަށް ކޯޓުގައި ސާބިތުކޮށްދޭންށެވެ. ޖަޕާނުގައި އަލަށް އިސްލާހު ކުރެވިފައިވާ ގާނޫނުގެ ދަށުން، މަސްތުގެ ހާލަތުގައި ހުރެ އެފަދަ ކުށަކަށް އަރައިގަންނަ ފަރާތްތަކަށްވެސް އަދަބު ދިނުމަށް ފުރުސަތު އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: