ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން ސާވިސްއަށް ކުރާ ހަރަދުތަކުން ލިބޭ ރިޓާން އޮފް އިންވެސްޓްމަންޓްއަކީ ކޮބައިތޯ ބަލަން ޖެހިއްޖެ: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ފޮރިންސާވިސްގެ އޮޑިޓެއް ހަދާ، އެ މަސައްކަތުން ލިބިގެންދާ ރިޓާން އޮފް އިންވެސްޓްމެންޓަކީ ކޮބައިތޯ ބަލަން ޖެހިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ރާއްޖޭގެ ފޮރިންސާވިސްއަކީ ފާހަގަކުރެވޭވަރަށް މިންގަނޑަކަށް ހިންގަންވާ ތަނެއްކަމަށް ވެފައި އެމްބަސަޑަރަންނަކީ ރައްޔިތުންގެ ފައިސާއިން ކަންޑައަޅާފައިވާ ބަޔަކަށް ވުމުން، އެ މަސައްކަތްތަކާއި ގުޅިގެން ހެދޭ ރިޕޯޓްތަކަށް އިތުރަށް ބަލަން ޖެހިފައިވާ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަަންގެ އެކި ގައުމުތަކުގައި ދިވެހި އެމްބަސީތައް ހަދައި ރާއްޖޭގެ ފޮރިން ސާވިސްގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ނަމަވެސް ރާއްޖެއިން ބޭރުކުރާ “މަސްކޮޅު” އެ ގައުމުތަކަށް ޑިއުޓީ ނުނަގާނެ ގޮތަކަށް ވިއްކޭނެ ގޮތަކަށް ފޮރިން ސާވިސްގެ ފަރާތުން ހަމަޖައްސައިދެވިފައިނުވާތީ އެކަމާއި އެނާ އަދި މަސްބޭނުމަށް އަމަލީ ޮގޮތުން މަސައްކަތްތައް ކުރަށްވާ ފަރާތްތަކުންވެސް ކަންބޮޑުވެލައްވާ ކަމަށް ޖާބިރު ވަނީ ފާހަކުރަށްވާފައިއެވެ.

ދިވެހި ރާއްޖޭގެ ފޮރިން މިިނިސްޓަރ އަބްދުﷲ ޝާހިދަކީ އދ ގެ އާއްމު މަޖިލީހު ރައީސަށް ވުމުން އެ މަނިކުފާނާއި ކުރިން “ދަރަވަންދޫ ގޭގައި” ބައްދަލު ކުރެވުނު ނަމަވެސް މިހާރު ދާންޖެހެނީ ނިއުޔޯކްއަށް ކަމަށާއި އެވަރަށް ދިވެހި ރާއްޖޭގެ މަސައްކަތްތައް ކުރިއަރައި ގޮސްފައިވާކަމަށް ފާހަގަކުރަށްވާ ޖާބިރު ވިދާޅުވީ އެގޮތުމެ މަތިން ދިވިން މަސްބާނަމުންވެސް ދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކު ދަށުންކަމަށެވެ. އެހެންނަމަވެސް ދިވެހި ރާއްޖެއިން ބާނައި ބޭރުކުރާ “މަސްކޮޅު” ބައިނަލްއަގުވާމީ އުސޫލުތަކާއި އެއްގޮތަށް ޑިއުޓީ މާފްވެގެން ގޮސްފައި ނުވާތީ ސުވާލުކުރަށްވާ ކަންބޮޑުވެލައްވާކަމަށްވެސް ފާހަގަކުރަށްވާ ޖާބިރު ވިދާޅުވީ، “އެމްބެސަޑަރު” ކުރެއްވި ކަމެއް “ނެތް” ކަމަށްވާތީ މިދަނޑިވަޅުގައި ފޮރިން ސާވިސަސްގެ ދަށުން ކުރަމުންދާ މަސަތްކަތްތަކުގެ އޮޑިޓެއް ނަގަން ޖެހިފައިވާ ކަމަށް ޖާބިރު ވަނީ އިޝާރާތް ކުރަށްވާފައިއެވެ.

ދިވެހި ރާއްޖޭގެ ފޮރިން ސާވިސަސްގެ ދަށުން ހިންގަމުންދާ މަސައްކަތްތަކުގެ އޮޑިޓެއް ނަގަން ޖެހިފައިވާކަމަށް އިޝާރާތްކުރަށްވާ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވީ އެމްބަސީއަކަށް ހަރަދުކުރެވިގެންދާ ވަރު ބަލައި، އެކަމުން ދިވެހިންނަށް ލިބިގެންދާ ފައިދާއަކީ ކޮބައިތޯވެސް ބަލަން ޖެހިފައިވާކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބިގެންދާ ކާރުކޮޅާއި، އެނާގެ މަތީ ވިހުރޭ ދިދައިގެ ބޭނުމަކީ ކޮބައިތޯއާއި އެކަމަށް ކުރެވިގެންދާ ހަރަދު ތަކުގެ ސަބަބުން ދިވެހި ރާއްޖެއަށް ލިބިގެންދާ “ރިޓާން އޮފް އިންވެސްޓްމެންޓް” ލިބިގެން ދަނީ ކިހާ މިންގަނޑަކަށްތޯ ވެސް ބެލުން މުހިއްމުވެފައިވާކަމަށް ޖާބިރު ވަނީ ފާހަގަކުރަށްވާފައިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖާބިރު ފާހަގަކުރެށްވީ ބޭރުގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކުގައި ކޮންމެ ދުވަހަކު މަސައްކަތްތަކެއް ކުރެވިގެން ނުދާކަމަށެވެ. އެހެންނަމަވެސް ދިވެހި ފޮރިން ހިދުމަތްތެރިންގެ މުސާރަތައް މައްޗަށް ޖައްސާފައިވާ އިރު ދިވެހި ފުލުހުންގެ މުއައްސަސާގެ މުސާރަތަކަށް ކުރިއެރުވިފައިނުވާކަމަށް އިޝާރާތްކުރަށްވާ ޖާބިރު ވިދާޅުވީ ފުލުހުންނަކީ ދިވެހި ރާއްޖޭގައި އެންމެ ހިދުމަތްތެރި މުއައްސަސާއަށް ވުމުން އެބޭފުޅުންގެ މުސާރަތައް 30 އިންސައްތަ އިތުރުކުރަން ޖެހިވެފައިވާކަމަށެވެ.

އަދި ފިހާރައަށްވެސް ކޮންމެސް އެއްޗެއް ވަތްގަނޑަށް ވަންނަންވާނެކަމަށް ފާހަގަކުރަށްވާ ޖާބިރު ވިދާޅުވީ އެހެންކަމުން ދިވެހި ރާއްޖޭގެ ފޮރިން ހިދުމަތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިކަމާއި، އެކަންކަމުން ނުކުންނަ ނަތީޖާއަކީ ކޮބައިކަންވެސް ރިޕޯޓެއްގެ ސިފައިގައި ފެންނަން އޮތުން މުހިއްމުވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: