ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކުން ސްޓެލްކޯގެ ހިދުމަތަށް އޭގެ އަސަރުކުރޭ: ސްޓެލްކޯގެ ޗެއާމަން

ސްޓެލްކޯގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކުން ސްޓެލްކޯގެ ހިދުމަތަށް އޭގެ އަސަރު ކުރާކަމަށް ސްޓެލްކޯގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އަށް 73 އަހަރުފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި އިބްރާހިމް ދީދީ ވިދާޅުވީ އިގްތިސާދީ ލޮޅުމަކުން ހާއްސަ ކޮށް ތެލަށް ބަރޯސާވާ ހިދުމަތްދޭ ކުޑަ ޖަޒީރާ ގައުމެއްގެ ކުންފުންޏަކަށް އެއަސަރު ނުކޮށް ނުދާނެ ކަމަށެވެ.

ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް އިއާދަ ކުރަނިވި ހަކަތަ އިތުރުކޮށް އެންމެ ހެޔޮއަގުގައި ރައްޔިތުންނަށް އަގުހެޔޮކޮށް ކަރަންޓްގެ ހިދުމަތް ދިނުމަކީ ސްޓެލްކޯގެ އަމާޒަކަށް ހަދަން ޖެހޭ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ކަރަންޓްގެ ހިދުމަތަކީ މީގެ 73 އަހަރު ކުރިން އެންމެ 14 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ފެށި ހިދުަމަތެއް ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި ސްޓެލްކޯގެ ހިދުމަތް ވަނީ ތަފާތު މަރުހަލާ ތަކެއްގައި ރާއްޖޭގެ ތަރައްގީއަށް އޭރަކަށް ބޭނުންވާ ޑިމާންޑާ އެއްވަރަށް ދިޔައީ ތަރައްގީ ކުރަމުން ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މިއަދާ ހަމައަށް 100 އިންސައްތަ ދައުލަތް ހިއްސާވާ ސްޓެލްކޯއިން ވަނީ ގްރޭޓަރ މާލެ ސަރަހައްދަށާއި މުޅި މާލެ އަތޮޅާއި އ އަދި ވ އަތޮޅުގައި ކަރަންޓްގެ ހިދުމަތް ދޭން ފަށާފައިކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓުގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތްތައް ވެސް ސްޓެލްކޯއިން ދަނީ ފޯރުކޮށްދެމުން ކަން އިބްރާހިމް ދީދީ ފާހަގަ ކުރެއްވިއެވެ.

ސްޓެލްކޯއިން ވިސްނަންވީ ރަށްޔިތުންނަށްދޭ ހިދުމަތް އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް ކަމަށް އިބްރާހިމް ދީދީ  ވިދާޅުވި އެވެ. އެގޮތުން މާހައުލްގައި ހުރި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިދާޔަ ކުރެވެނި ހަކަތަ އިތުރުކޮށް އެންމެ ހެޔޮގޮތުގައި އަގުހެޔޮކޮށް ހިދުމަތް ދިނުމަކީ ސްޓެލްކޯގެ އަމާޒަކަށް ހަދަން ވެއްޖެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: