ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީ އިން މައި ހުޅުމާލެ ޕޯޓަލް ތައާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީގެ ފަރާތުން މައި ހުޅުމާލޭގެ ނަމުގައި އޮންލައިން ޕޯޓަލް އެއް ތައާފަތް ކޮށްފިއެވެ.

މިހާރު އެޗްޑީސީން ދެމުންއައި ގިނަ ހިދުމަތްތަކަށް ބޮޑެތި ބަދަލުގެނެސް، ހުރިހާ ހިދުމަތެއް އެއް ތަނަކުން ހޯދޭނެހެން އެކުލަވާލި މައި ހުޅުމާލެ ޕޯޓަލް ވަނީ  ބޭނުންކުރަން ފަށާފައެވެ. މިގޮތުން މައިހުޅުމާލެ ޕޯޓަލް ގެ ނަމުގައި ތައާރަފް ކުރެވުނު ޕޯޓަލް ވެގެން ދިޔައީ އެތައް ބަޔަކަށް ގިނަގުނަ ލުއިތަކައެއް ލިބިގެން ދިޔަކަމަކަށެވެ. މީގެ އިތުރުން ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް މި ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެހެނިހެން މައުލޫމާތު އެއްތަނަކުން ފަސޭހަގޮތެއްގައި މައިހުޅުމާލެ ޕޯޓަލްއިން ލިބިގެން ދާނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މުނިސިޕަލް ހިދުމަތް، އިވެންޓް ސްޕޭސް ފަދަތަންތަން ބުކްކުރުން، އަދި ހިދުމަތްތަކަށް އެދިލެއްވުން ފަދަ ކަންކަން ހިމެނެއެވެ. މިގޮތުން މަގުމަތީގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގު ބަންދުކުރުމުގެ ހުއްދަ ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މީގެ ކުރިން އެޗްޑީސީން ގިނަ ހިދުމަތްތައް ދެމުން އައީ ކަރުދާހުގައި ގިނަ ފޯމްތަކެއް ހުށަހަޅާ ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެންނެވެ.

މިކަމަށް އެތަކެއް ރައްޔިތުންނެއްގެ އަގުހުރި ވަގުތު ހޭދަކުރަންޖެހެއެވެ. ފޯމު ޕްރޮސެސްވުމުގައިވެސް ގިނަ ވަގުތު އަދި އުނދަގޫތަކާއި އާންމުން ކުރިމަތިލާންޖެހެއެވެ. މީގެއިތުރުން މިކަމަކީ އެހާމެ ހަރަދު ބޮޑު، އެތަކެއް ތަކުލީފަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ.

އެޗްޑީސީ އިވެންޓް ސްޕޭސްގެ ގޮތުގައި އާންމުންނަށް ދޫކުރާ އެންމެ މަގުބޫލު އެއްތަން ކަމަށްވާ ފަރުކޮޅުފުށިވެސް އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. ކައިވެނީގެ ހަފްލާތަކާއި ކޯޕަރޭޓް އިވެންޓްސް އަދި އެކި ކަހަލަ ފަންކްޝަންތަކަށް ފަރުކޮޅުފުށީގެ ކޯޓްޔާޑް އަދި ކޮންފަރެންސް ހޯލް އާންމުންނަށް ބޭނުންކޮށްލެވޭނެއެވެ.

މި ޕޯޓަލް ތައާރަފްކުރެވުމުގެ ސަބަބުން މިކޯޕަރޭޝަނުން ހިދުމަތްހޯދާ ގިނަބައެއްގެ ވަގުތު ސަލާމަތްވެ، ދެވޭހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާއި ހިދުމަތްތައް އަވަސްވެ އަދި ކުންފުނީގެ ހަރަދުވެސް ކުޑަވެގެންދާނެއެވެ. މި ކޯޕަރޭޝަނުންދަނީ ރައްޔިތުންއެދޭ ކަންކަން ގާތުން ބަލައި، ރައްޔިތުން އެދޭގޮތަށް ހިދުމަތް ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: