ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ މާމުޔާއި ކިރު ބޯންދީގެން ބޮޑު ކުރި “ކުޑަކުޑަ ހަރުފައެއް”،: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ގެއްގައި މާމުއި އަދި ކިރު ބޯންދީގެން ބޮޑުކޮއްފައިވާ “ކުޑަކުޑަ ހަރުފައެއް” ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

“ފެލާލައިފި” ޖަލްސާގައި ރައީސް ސާލިހަށް ފާޑުކިޔުން އަމާޒުކުރައްވާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ސާލިހުވަނީ ދިވެހިންނާއި މުޅި ދުނިޔެއާއި ޖައްސާފައިކަމަށެވެ. އަދި އެކަން ކުރެއްވުމަށް ރައީސް ސާލިހު ހިންގެވީ ދެ އަމަލެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ސާލިހަކީ “ކުޑަކުޑަ ހަރުފައެއް” ކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ސާލިހު ދުނިޔޭގައި ބުނީ ރައީސް ޔާމީން ޗައިނާއަށް މިލިޓަރީ ބޭސް އެޅުމަށް ދިވެހިރާއްޖެއިން 17 ރަށް ދިންކަމަށެވެ. އަދި އައި ހެވަން ހަދަނީ މިސައިލު ސެޓެއް ބޭނދުމަށް ކަމަށާއި ފ އަތޮޅުގައިވެސް މިސައިލު ބެހެއްޓުމަށް މަސައްކަތް ކުރާ ކަމަށާއި މުޅި ގައުމުގައިވެސް ޗައިނާ މީހުން ތިބިކަމަށް ރައީސް ސާލިހު ދުނިޔޭގައި ބުނަމުންދިޔަކަމަށް އެނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރައީސް ސާލިހު ހެއްދެވީ ހުސް ދޮގުކަމަށެވެ. އަދި އެއްޖިންސުން ގުޅުން ހިންގަން ހުއްދަ ދޭނެކަމަށް ވިދާޅުވިކަމަށާއި އަނެއް ވިސްނުމަށް ހުއްދަ ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށް އެނާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ދިވެހިންނާއި ދިވެހިންނާއި ޖެއްސުމުގެ މަސައްކަތް ކުރެއްވިކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، “އެ ހަރުފަ” ބޮޑުވަމުން އައިސް ވަނީ ދައުލަތަށް ވިހަ އިންޖެކްޓުކޮށްފައިކަމަށެވެ. އަދި އެކަމުގެ ހިތި ފެންނަމުންދާކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: