ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ފިންގަރޕްރިންޓް ނުޖަހައި ޕާޓީއަށް މީހުން ވެއްދީ ކީއްކުރަން؟ އިބްރާހިމް ވަހީދު

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އިން ފިންގަރޕްރިންޓް ނެތިގެން ވަކިކުރި މީހުން އަލުން ޕާޓީ އަށް ވަންނަން ފިންގަރ ޕްރިންޓް ޖަހަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާޙިމް ވަހީދު (އިބްރޭ ) ވިދާޅުވެއްޖެއެވެ.

އިބްރޭ ވަނީ އޭރު 2016 ވަނަ އަހަރު އެމްޑީޕީ އަށް މެމްބަރުން ވަތްއިރުގައި ފިންގަރޕްރިންޓް ޖަހަންޖެހޭ އިރު ފިންގަރޕްރިންޓް ނުޖަހާ ޕާޓި އަށް މީހުން ވެއްދީ ކީއްކުރަންތޯ  ވިދާޅުވެ ހަސަން ލަތީފަށް ސުވާލެއް އަމާޒު ކުރައްވާފައެވެ.

އިބްރޭ ވިދާޅުވި ގޮތުގައި އޭރު ޕާޓީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނޫކަމަށެވެ. އަދި ޕާޓީގެ މެމްބަރޝިޕް ބެލެހެއްޓީ އޭނާ ނޫން ކަމަށް ވެސް އިބްރޭ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ދަފްތަރުގައި މައްސަލަ ތަކެއް އުޅޭ ކަމުގެ ތުހުމަތުތައް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް މެމްބަރުން ދަނީ ކުރަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ދަފްތަރު ގަޑުބަޑުވެފައިވާތީ އިންތިހާބު އިންސާފުވެރި ވާނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެމްޑީޕީގެ ދަފްތަރުގައި ހުރި މައްސަލަތައް ހަމައަކަށް އެޅުވުމަށް ކުރައްވާފައިވާ މަސައްކަތްތައް އިބްރާހިމް ވަނީ މީގެ ކުރިން ހިއްސާކޮށްފައެވެ. އެގޮތުން  އެނާ މަސައްކަތް ކުރެއްވީ އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓު ދެވޭނެކަމަށް ސެކްރެޓޭރިއޭޓުން އާންމުކޮއްފައިވާ މެމްބަރުންގެ ނަންތައް އިލެކްޝަންސްގެ ވެބްސައިޓުގައި އޮތް ގޮތް ބެލުމަށް ކަމަށެވެ. އަދި މި ކަން ކުރުމަށް ބަލާފައިވާ ލިސްޓަކީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހު އެ ޕާޓީއިން އާންމުކޮއްފައިވާ ލިސްޓެއްކަމަށް އެނާ ފާހަގަކުރެއްވިއެވެ.

2021 ވަނަ އަހަރު އާންމުކޮށްފައިވާ ލިސްޓުގައި ހިމެނެނީ 93،440 މެމްބަރުންކަމަށް އިޝާރާތްކުރައްވާ އިބްރާހިމް ވިދާޅުވީ، އެ ލިސްޓުގައި ނުހިމެނޭ 46 ނަމެއް އިލެކްޝަންސްގެ ވެބްސައިޓުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރެވިފައިވާކަމަށެވެ. އަދި އިލެކްޝަންސްގެ ވެބްސައިޓުގައި އެހެނިހެން ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓަރ ކޮއްފައިވާ އަދި އެއްވެސް ޕާޓީއެއްގައި ރެޖިސްޓަރ ކުރެވިފައިނުވާ 41،189 މެމްބަރުން އެ ޕާޓީގެ ވެބްސައިޓުގައިވާ ދަފްތަރުގައި ހިމެނޭކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: