ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު އެމީހުންގެ އާއިލާގެ ގިނަ މެމްބަރުންނަށް ލިބޭ ގޮތަށް ހަދައިފި

މާލޭ ރިމާންޑް ޖަލު. ރިމާންޑް ޖަލުތަކަކީ ތުހުމަތަށް މީހުން ބަންދުގައި ބަހައްޓާ ތަންތަން: ފޮޓޯ ސާޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު އެމީހުންގެ އާއިލާގެ ގިނަ މީހުންނަށް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދަށް 1 ވަނަ އިސްލާހު ގެނެސްފިއެވެ. އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނާ ބައްދަލު ކުރެވޭނީ އެމީހެއްގެ އަނބިންނާއި ފިރިންނާއި ދަރިންނާއި ދަރިންގެ ދަރިންގެ މައިންބަފައިންނާއި މާމަ އާއކި ކާފަގެ އިތުރުން ދޮންމަންމަ އާއި ދޮންބައްޕަ އާއި އެއްބަނޑު އެއްބަފާ މީހުންނާއި އެމީހެއްގެ ޝަރުއީ ބަލަދުވެރިންނަށެވެ.

އެމީހުންގެ އިތުރުން ބޮޑުބޭބެ އާއި ބޮޑުދައިތަ އާއި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަދާ މީހުންގެ ދޮން މާމަ އާއި ދޮން ކާފައަށް ބަންދުގައި ހުންނަ މީހާއާ ބައްދަލު ކުރެވޭނެ ކަމަށް ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވެއެވެ.

ޖަލުގައި ބައްދަލު ކުރުމުގެ އިތުރުން ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްވެސް ދެން އަމަލުކުރާނީ މި ބަދަލުގެ ދަށުންނެވެ. އާއިލީ ގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހަކު މަރުވެއްޖެނަމަ އެމީހެއްގެ ޖަނާޒާގައި ބައިވެރިވުުމުގެ ފުރުސަތު ފުލުހުންގެ ބަންދުގައި ހުންނަ މީހާއަށް ލިބިެންދާނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އެކަނި ކަނޑައެޅިފައިވާ އުސޫލުތަކެއްކަމުން ޖަލުގައި ތިބި ހުކުމް ތަންފީޒްކުރާ މީހުންނާއި ރިމާންޑް ޖަލުތަކުގައި ތިބޭ މީހުން އަމަލުކުރާނީ ކަރެކްޝަންސް އިން ހަދާ ވަކި ގަވާއިދަކަށެވެ.

މި ގަވާއިދު ގެޒެޓްގައި ޝާއިޢުކޮށްފައިވުމުން މިހާރު ވަނީ އެ ގަވާއިދަށް އަމަލުކުރަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: