ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެއިން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކާއިމެދު ފަހުރުވެރިވަން: ރައީސް

ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެގެންދިޔަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކާއިމެދު ފަހުރުވެރި ވެވަޑައިގަންނަވާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ސާލިހު ކުރެއްވި ޓްވީޓްގައިވަނީ ދިވެހިރާއްޖެއަށް ފަހުރުވެރިވާފަދަ ކަންކަން ހާސިލު ކުރެވިފައިވާކަމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިން ކުރިއެރުންތައް ހާސިލުކޮށްފައިވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލުމަށްފަހުކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރުގެ ތެރޭގައިވެސް އިތުރު ކަންކަން ފެނި، ހާސިލު ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެެވެ.

ރައީސް ސާލިހު ތަހުނިޔާ ވިދާޅުވިއިރު، އާ އަހަރު ފެށުމާއި އެކު ދިވެހިރާއްޖޭގައި އަލަށް ތަންފީޒުކޮށްފައިވާ ޓެކްސް ނެގުމުގެ ގާނޫނަށްވަނީ އަމަލުކުރަން ފެށިފައެވެ. އެގޮތުން ރައްޔިތުން އަތުން ނަގަމުންދާ ޓެކްސްގެ އަދަދުވަނީ 6 އިންސައްތައިން 8 އިންސައްތައަށް އިތުރުކުރެވިފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: