ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ ރައީސް ނަޝީދަށް: ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ޕާޓީގެ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް!

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައީސް މުހައްމަދު ނަޝީދުއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމު ”ފިކުރެއްގެ ދިރުން“ އިން ނެރުން ނޫސް ބަޔާނަކާއި ގުޅިގެން ދިފާއީ ވަޒީރު އަދި ކެމްޮެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ތަރުޖަމާންގެ މަގާމް ފުރުއްވަމުން ގެންދަވާ މާރިޔާ ދީދީ ފާޑުކިޔުން އަމާޒުކޮށްފިއެވެ.

ފިކުރެއްގެ ދިރުމުން ނޫސްބަޔާނެއް ނެރެފައިވަނީ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތާއި ގަދަ ހިތްވަރުން 2018 ގައި ނުކުމެ ބަދަލުކުރާން ވޯޓުލީ އެތައްކަމެއް އަލުން އަނބުރާ އިޔާދަކުރަމުންދާކަމުގެ ކަންބޮޑުވުން ޕާޓީގެ ވަރަށް ގިނަ މެންބަރުން ފާޅުކުރަމުންގެންދާކަމަށް ފާޙަގަކޮށެވެ. އަދި އެބޭފުޅުންނާއި އެ މައުލޫމާރު ހިއްސާކުރަމުން އެބަ ގެންދާކަމަށް ފާހަގަކޮށް ބުނެފައިވަނީ، އެގޮތުން ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ބުނެފައިވެއެވެ. ބަޔާނުގައި ބުނެފައިވާގޮތުން އެކަމުގެ ބޭނުމަކީ ވޯޓުލާ ދުވަހު އެ މީސްމީހުން ވޯޓުލުމުން މަރޫހުމްކުރުމާއި އަދި، ރައީސް ނަޝީދަށް އެމީހުންގެ މަސައްކަތްކޮށްދިނުމާއި ދުރުކުރުމެވެ.

ޕްރައިމަރީގައި ވާދަކުރާ ވާދަވެރި އަނެއް ކެޑިޑޭޓު ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއިދުނުކުރާ މުވައްޒަފުންނަށްވެސް ބިރު ދައްކަމުންދާކަމުގެ ޝަކުވާ ލިބޭކަމަށް ފާހަގަކޮށް ނެރުން ނޫސް ބަޔާނާއި ގުޅިގެން މާރިޔާ ވިދާޅުވެފައިވަނީ، އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީކަމަށެވެ. މާރިޔާ ވިދާޅުވެފައިވާ ގޮތުގައި ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީފަދަ ބިޔަ ބޮޑު ޕާޓީއެއްގެ ހިއްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެކެވެ.

ވަޒީފާގެ ބިރުގެ ވާހަކައިގެ އިތުރުން ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުން ނޫސް ބަޔާނުގައި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާތަކާއި ހަރަކާތްތަކަށް ދިއުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ އިސްވެރީން އަންގަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިނުވާނަމަ އެ މުވައްޒަފުންނާއިމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު އެކި ގޮތްގޮތުން ދެމުން ގެންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މަގާމުގެ ނާޖާއިޒް ބޭނުން ހިފަމުންދާކަމުގެ ތުހުމަތުތަކެއްވެސް ކޮށްފައިވެއެވެ.

ރައީސް ސާލިޙްގެ ތަރުޖަމާން މާރިޔާ ދީދީ ވިދާޅުވީ އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީއެއް ކަމަށެވެ. އަދި ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ބިޔަ ބޮޑު ޕާޓީ ގެ ހިއްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: