ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ދަތިކަމުގައިވެސް އެއްވެސް ރަށެއް ނުހުއްޓޭކަން ކަށަވަރު ކުރުމަށް ރައީސް މަސައްކަތްކުރެއްވި: މޫކޭ

އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

މަދު ރަށެއްގައި މަދުކަމެއް ކުރުމުގެ ބަދަލުގައި ހުރިހާ ރަށެއްގައި އެއްފަހަރާ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވަނީ ކޮން ވެރިއެއްކަން ރައްޔިތުންނަށް ސާފުވާނެކަމަށް އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ގާތްވުމާއި އެކު، ޕާޓީގެ އެތެރޭގައި އޮންނަ ވާދަވެރިކަން އިތުރުވެ ކޯޅުންތަކެއް އުފެދިފައިވެއެވެ. ދެ ފެކްޝަނުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކެއް ރައްދުކުރަމުންނެވެ. ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި އެމަނިކުފާނުވެސް ރައީސް ސާލިހު ”ރިއެކްޓު“ ނުކުރައްވާކަމަށް ވިދާޅުވާއިރު، ރައީސް ސާލިހު އަދި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުންވަނީ 2008 ވަނަ އަހަރު ގާއިމު ކުރި ވެރިކަން ގެއްލިގެންދިޔައީ ރައީސް ނަޝީދުގެ އިހުމާލުންކަމަށް ވިދާޅުވެފައެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މޫސަވަނީ ރައީސް ސާލިހަކީ ކުރީގެ ވެރިންނާއި ހިލާފަށް ތަފާތުތަކެއް ދައްކަވާފައިވާ ރައީސްއެއްކަމަށް ވިދާޅުވެފައެވެ. އެނާ ވިދާޅުވީ، އަނިޔާވެރި ހުދުމުހުތާރު ވެރިއެއްގެ ކިބައިން ސަލާމަތްވެގެން އައިސް މިހާރު ޕާޓީގެ އެތެރެއިންނާއި ބޭރުންވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތްކަމަށެވެ. އަދި ނޫސްތަކުގައިވެސް ބޭނުން އެއްޗެއް ޝާއިއުކުރުމުގެ މިނިވަންކަން އޮތްކަމަށް އެނާ ފާހަގަކުރެއްވިއެވެ.

”މަދު ރަށެއްގައި މަދު ކަމެއް ކޮށްލަ ކޮށްލާ ތިބުމުގެ ބަދަލުގައި ހުރިހާ ރަށެއްގައި އެއް ފަހަރާ ހުރިހާކަމެއް ކުރެވޭތޯ ހިތްވަރު ކުރަނީ ކޮން ވެރިއެއްކަން ތި ބޭފުޅުންނަށް ފެންނާނެ، މި ދެންނެވިހެން އަނިޔާވެރި ބިރުވެރި ހުދުމުހުތާރު އެ މޫނުގެ ކިބައިން އަޅުގަނޑުމެން ނެއްޓި އައިސް އަޅުގަނޑުމެންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ޕާޓީ ތެރެއިންނާއި ބޭރުން ބޭނުން މިންވަރަކަށް، ނޫސްތަކުގައިވެސް ބޭނުން އެއްޗެއް ލިޔަންވީ، އެ ހުރިހާ ކަމެއްގެ ތެރޭގައި ވަރަށް ސަފުކޮށް އޮމާންކަމާއި އަމާންކަމާއި އެކީގައި ކޮވިޑްގެ ބިރުވެރިކަމާއި ތަދާ އުނދަގުލާއި މި ހުރިހާ ކަމެއްގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ އެއްވެސް ރަށެއް ނުހުއްޓި ހުރިހާ ރަށެއްގައި ހުރިހާ ކަމެއް ކުރެވޭތޯ މަސައްކަތްކޮށްދެއްވާ އަޅުގަނޑުމެންނަށް ފެނުނީ އެންމެ ރައީސްއެއް“ މޫސާ އަލީ މަނިކު

އެނާ ވިދާޅުވީ، ކޮވިޑްގެ ބިރުވެރިކަމާއި ދަތިކަމުގެ ތެރެއިންވެސް އެއްވެސް ރަށެއްގައި ކަންކަން ހުއްޓިގެން ނުދާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއް އެގޮތުގެ މަތީވާކަން ކަށަވަރު ކުރުމަށް މަސައްކަތްކޮށްދެއްވީ އެންމެ ރައީސްއެއްކަމަށާއި އެއީ ރައީސް ސާލިހުކަމަށް އެނާ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ، ރައީސް ސާލިހު ފުރިހަމަކޮށްދެއްވީ އެމްޑީޕީގެ ޑިމޮކްރެސީ އެކަނި ނޫންކަމަށެވެ. އަދި ދިވެހިރާއްޖެ ކޮށްފައިވާ ޑިމޮކްރެސީގެ ދަތުރުގައި އެ ނިޒާމު ހަގީގަތުގައި ބައްޓަންވެފައި އޮންނަންޖެހޭ ގޮތް ދައްކުވައިދެއްވީ ރައީސް ސާލިހުކަމަށް ވިދާޅުވެ، އެނާ ފާހަގަކުރެއްވީ ދާދި ފަހުން މާލޭގައި ރައީސް ބައިވެރިވި ޖަލްސާ ހިނގަމުންދިޔަ ވަގުތު އިދިކޮޅުން އާޓިފިޝަލް ބީޗުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔަކަމެވެ.

އެނާ ވިދާޅުވީ، ރ މީދޫގައިވެސް އެފަދަ މަންޒަރެއް ފެނިގެންދާކަމަށެވެ. އެހެން ނަމަވެސް ރައީސް ސާލިހު އެކަންކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމަށާއި، އެފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާކަމަށް އެނާ ވިދާޅުވިއެވެ. އަދި ރައީސް ސާލިހު ވިދާޅުވަނީ ހިޔާލު ފާޅު ކުރުމަށްކަމަށްވެސް އެނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތައް ފޯރިއާއިއެކު ކުރިއަށް ދާއިރު، ދެ ކެނޑިޑޭޓުންވެސް ގެންދަނީ ދިވެހިރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރައްވާ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދުވަނީ އެ ޕާޓީގެ ދަފްތަރުގައި މަސައްސަލަތެއް ހުރިކަމަށް ފާހަގަކުރައްވާފައިނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނާ ގޮތުން، މި އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީންވެއެވެ. އަދި ރައީސް ސާލިހުވެސް ވަނީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: