ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގައި އެހެން ގައުމުތަށް ބަނޑަށް ޖެހުނު، ރާއްޖެ އެ ހާލަތަށް ނުދިޔައީ ރައީސް ކުރި މަސައްކަތުން: ޒިފްލީން

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން/ ފޮޓޯ: ރައީސް ސޯލިހު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ރައްޔިތަކު ބަނޑުފުރާ މުއްތި ނުވެ ހުންނާނެ ފުރުސަތެއް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނުދެއްވާކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓު ހޮވުމަށް މި މަހުގެ 28 ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީއަށް، ޕްރަމަރީގައި ވާދަކުރައްވާ ދެ ކެޑިޑޭޓުންވެސް ދަނީ ވާދަވެރި ކެމްޕެއިންތަކެއް ކުރަމުންނެވެ. އެގޮތުން ރޭ ރ. މީދޫގައި ރައީސް ސާލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން ވަނީ ކެމްޕެއިން ޖަލްސާއެއް ބާއްވާފައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޒިފްލީން ވިދާޅުވީ އެމްޑިޕީގެ ޕްރައިމަރީއިން ރައީސް ސާލިހު ހޮވަންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ޒިފްލީން ވަނީ ކޮވިޑްގެ ހާލަތާއި ގުޅުވައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ކޮވިޑްގެ ދަތި ހާލަތުން ރާއްޖެއަށް އަރައިގަނެވުނީ ހަމަ އަތް އުރާލައިގެން ތިބެގެން ނޫންކަމަށެވެ.

”ކޮވިޑްގެ ނުރައްކާތެރި އާލަމީ ވަބާއިން ސަލާމަތްކުރެއްވިކުރެއްވުން، މިއީ އަޅުގަނޑުމެން އެންމެވެސް ވަރަށް ބޮޑަށް ހަނދާން ބަހައްޓަންޖެހޭކަމެއް. މި ކުރެއްވި ގޮތް އެއީ ހަމަ އަޅުގަނޑުމެން ދެ އަތް އުރާލައިގެން ތިބެގެން ކުރިކަމެއް ނޫން“ ޒިފްލީން

އޭނާ ވިދާޅުވި ގޮތުގައި ވެރިކަމެއްގެ ފޭރާން ބެލޭނެ އެއް ގޮތަކީ އެ ވެރިކަމެއްގެ ތެރޭގައި ހިގާ ކާރިސާއެއް މެނޭޖުކުރަން ޖެހި، އެކަމުން ވެރިކަމުގައި ތިއްބެވި ބޭފުޅުން ހޯދާ ކާމިޔާބުންނެވެ. ޒިފްލީން ވިދާޅުވީ ރައީސް ސާލިހުގެ ރިޔާސީ ދައުރުގެ ދެބައި ކުޅަ އެއްބައި ހަރަދުވެގެން ދިޔައީ ކޮވިޑްގެ ނުރައްކާތެރި އާލަމީ ވަބާގެ ތެރޭގައެވެ.

މިއީ މުޅި ދުނިޔެ ހުއްޓުވާލި އާލަމީ ވަބާއެއްގެ ގޮތުގައި ސިފަކުރައްވާ ޒިފްލީނާ ވިދާޅުވީ، އެތައް ގައުމަކުން ކޮވިޑާއި ގުޅިގެން ބޯޑަރުތައް ބަންދުކުރިއިރު އެންމެ ފުރަތަމަ ބޯޑަރުތައް ހުޅުވާލި ގައުމެއްގެ ގޮތުގައި ދިވެހި ރާއްޖެވެގެން ދިޔައީ ރައީސް ސާލިހުގެ ހިކުމަތްތެރިކަމާއި، ރައްޔިތުންދެކެވާ ލޯބީގެ ރަމްޒެއްގެ ގޮތުންކަމަށެވެ.

”ކޮވިޑްއާއި ގުޅިގެން ގިނަ ގައުމުތަކެއް ބަނޑަށްޖެހި، ގިނަ ގައުމުތަކެއްގެ މީހުން މަރުވެގެންދިޔަ. މި ހިތާމަވެރި ހާދިސާގައި 6.7 މިލިއަން މީހުން މަރުވެގެން ދިޔަ، ރައީސް ސާލިހު ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރައްވާ، އިގްތިސާދު މެނޭޖުކުރެއްވި“ ޒިފްލީން

ރައީސް ސާލިހު ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކޮށް، އިގްތިސާދު މެނޭޖުކުރީ ގޮތަކީ ރައީސްގެ ކުޅަދާނަ ލީޑާޝިޕް ރަމްޒްކޮށްދޭ ދަލީލެއްކަމަށް ޒިފްލީން ވިދާޅުވިއެވެ.

ސިއްހީ ކޮންމެ ކާރިސާއަކާއި ގުޅިގެން އިޖުތިމާއީ ގޮތުން އެތައް ކަންތައްތަކަކާއި ކުރިމަތިލާންޖެހޭކަމަށް ފާހަގަކުރައްވާ ޒިފްލީނާ ވިދާޅުވީ މަސްތުވާތަކެއްތީގެ ވަބާގައި ޖެހިފައިވާ މީހުންނާއި ވައްކަން ކުރާ މީހުންނާއި، އަދިވެސް މުޖުތަމައުގެ ހަމަޖެހުން ނަގާލާ އެހެން ކުށްކުށަށް އަރައިގަންނަ މީހުންގެ އިތުރުން، އަޅާލުން ނުލިބިފައި ތިބި މީހުންނާއި އަދި ބިދޭސީންވެސް މާލޭގައި މަގުމަތިވެފައި ތިބިކަމަށެވެ.

”ސަރުކާރު ހިންގަވަން ތިއްބެވި ވެރިންގެ ހިކުމަތްތެރިކަމުންނާއި އެބޭފުޅުންގެ މުރާލިކަމާއި އެބޭފުޅުންގެ ފުރިހަމަ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންނަށް އެ ވަގުތު އެގޮތަށް މެނޭޖުކުރެވިގެން ދިޔައީ“ ޒިފްލީން

ނަމަވެސް މިހުރިހާ ކަމަކާއި އެކު ވެސް މާލެ އޮތީ ވަރަށް އަމާންކޮށްކަމަށް ފާހަގަކުރައްވާ ޒިފްލީން ވިދާޅުވީ މިއީ ރައީސް ސާލިހުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރެވުނު ކަންތައްތައްކަންކަމަށެވެ.

ޒިފްލީން ވިދާޅުވީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރެއިން އެއްވެސް ރައްޔިތަކަށް އަޅާނުލާ ދޫކޮށްލާފައިނުވާނެކަމަށެވެ. އަދި މި ހުރިހާކަމެއް ރައީސް ގެންދެވީ ދުވަހުން ދުވަހަށް ބައްލަވަމުންކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ރައްޔިތަކު ބަނޑުފުރާ މުއްތި ނުވެ ހުންނާނެ ފުރުސަތެއް ރައީސް ނުދެއްވާކަމަށް ވިދާޅުވެ ޒިފްލީނާ ރައީސް ސާލިހު ފާހަގަކުރެއްވީ ރައްޔިތުންދެކެ ލޯބިވާ އޯގާތެރި ވެރިއެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: