ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ފެންފުށީ ކައުންސިލުގެ 2021ގެ އޮޑިޓު: ހަރަދާއި މާލީ މުއާމަލާތްތައް ބެލެހެއްޓުމުގައި ގިނަ އިހުމާލުތަކެއް

އދ ފެންފުށި: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ ފެންފުށީ ކައުންސިލުގެ އިދާރާގެ 2021 ވަނަ އަހަރުގެ އޮޑިޓުގެ ތެރެއިން ގިނަ މައްސަލަތަކެއް ފާހަގަކުރެއްވޭކަަމަށް އޮޑިޓަރު ގެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނަރަލް ހުސައިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ ފެންފުށީ ކައުންސިލުގެ އޮޑިޓު ރިޕޯޓުގައި ވާގޮތުން، މާލީ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އެ ކައުންސިލުން ތިޖޫރީ ރިޕޯޓުތައްޔާރުކޮށްފައިނުވެއެވެ. އަދި އެހެނިހެން މާލީ މުއާމަލާތްތައް ބެލެހެއްޓުމުގައިވެސް އިހުމާލުތަކެއްވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާގެ ދުވަހު ފޮތް ބަލަހައްޓަންވާ އުސޫލެއް ދައުލަތުގެ މާލިއްޔާތު ގަވައިދުގައި ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށް އޮޑިޓުން ބުނެފައިވާގޮތުން، ކައުންސިލުގެ އިދާރާއިން 2021 ވަނަ އަހަރުގެ ތެރޭގައި ފައިސާ ބަލައިގަތް މުއައްޒިފުން އެ ދުވަހު ބަލައިގަންނަ ފައިސާ ތިޖޫރީ އާއި ހަވާލުވެ ހުންނަ މުއައްޒިފާއި ހަވާލު ކުރާއިރު ތަފްސީލު ޝީޓެއް ހަވާލުކޮށްފައިނުވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން ކައުންސިލުގެ ބެންކު އެކައުންޓުގެ ރިކޮންސިލިއޭޝަން ހަދާފައިނުވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި ކައުންސިލުގެ އެއްވެސް އެކައުންޓެއްގެ ބާކީ ބަލަހައްޓާފައިނުވާކަމަށާއި ރިކޮންސިލިއޭޝަން ސްޓޭޓްމެންޓުވެސް ތައްޔާރުކޮށްފައިނުވުމުގެ ސަބަބުން، އަހަރު ނިމިގެންދިޔަ އިރު ކައުންސިލުގެ އެކައުންޓުގައި ހުރި ފައިސާގެ ސައްހަ އަދަދު ކަށަވަރު ކުރެވިފައިނުވާކަމަށް ބުނެފައިވެއެވެ.

ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައިނުވާކަމަށްވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. މާލީ ގަވައިދުގެ ދަށުން ތައްޔާރުކޮށް ހުށައަޅަންޖެހޭ މާލީ ބަޔާނުގައި ކައުންސިލަށް އާމްދަނީ އަދި އެހެނިހެން ގޮތް ގޮތުން ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ތަފްސީލު ހިމަނަންޖެހޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން ކައުންސިލުން 2021 ވަނަ އަހަރުގެ ތެރޭގައި މި މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކޮށްފައިނުވެއެވެ

ހަރުމުދަލާއި އެ މުދަލާއި ގުޅުންހުރި ލިޔެކިއުންވެސް ގަވައިދުގައިވާގޮތުގެމަތިން ބަލަހައްޓާފައިނުވާކަމަށް ބުނެފައިވެއެވެ. އަދި ބައެއް މުދާ ހަރުމުދަލުގެ ރެޖިސްޓްރީގައި ހިމަނާފައިނުވާކަމަށްވެސް އޮޑިޓުން ފާހަގަކޮށްފައިވާއިރު، މުދަލާއި ހަވާލުވާއިރު ތަކެތި ހަމަތޯ ޗެކުކޮށްފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތީގެ ރެޖިސްޓްރީ ބަލަހައްޓާފައިވަނީވެސް އެކަށީގެންވާ ގޮތެއްގެމަތިން ނޫންކަމަށް އޮޑިޓުންވަނީ ބުނެފައެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނާއި އެކު ބޭއްވުމަށް ލާޒިމުކުރާ ބައްދަލުވުންތައްވެސް ކުރިއަށް ގެންގޮސްފައިނުވާކަމަށް ބުނެފައިވާއިރު، 2021 ވަނަ އަހަރުގެ ތެރޭގައި ކައުންސިލުންކޮށްފައިވާ ހަރަދާއި ލިބިފައިވާ އާމްދަނީގެ އަހަރީ ރިޕޯޓުވެސް ހުށައަޅާފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: