ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހިބަދޫ ކައުންސިލުގައި ފައިސާ ރައްކައުކުރާނެ ތިޖޫރީއެއްވެސް ނެތް: އޮޑިޓު

އދ މަހިބަދޫ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ މަހިބަދޫ ކައުންސިލުގެ އިދާރާގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން މާލީ މުއާމަލާތްތައް ބެލެހެއްޓުމާއި، ޕްރޮކިއަމެންޓު މަސައްކަތްތައް ކުރުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރެއްވޭކަމަށް އޮޑިޓަރު ގެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ކައުންސިލުގެ 2021 ވަނަ އަހަރުގެ ކޮމްޕްލައެންސް އޮޑިޓު ރިޕޯޓުގައި ވާގޮތުން، އެ ކައުންސިލުންވަނީ އަހަރުގެ ތެރޭގައި ލިބިފައިވާ ފައިސާ ބެލެހެއްޓުމުގައި މާލިއްޔާތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައެވެ. އެގޮތުން ލިބުނު ފައިސާ ބަލައިގަތުމަށްފަހު ދުވަހު ފޮތެއް ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރު ހުއްދަކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްވެސް ރެކޯޑުތައް ބަލަހައްޓާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން، ކޮންމެ ދުވަހަކު ލިބުނު ފައިސާ، އެ ފައިސާ ދިން ފަރާތް އަދި ދެއްކި އަދަދު އެނގެން އޮންނާނެ ބިލެއް ނުވަތަ ރަސީދެއް ނަމްބަރަކާއި އެކު ލިޔެ އެ ދުވަހެއްގެ ޖުމުލަވެސް އަދަދުކޮށްފައިނުވެއެވެ.

މަހިބަދޫ ކައުންސިލުންވަނީ މާލިއްޔާތު ގަވައިދުގައިވާ ގޮތުގެމަތިން ތިޖޫރީ ބެލެހެއްޓުމުގައިވެސް އިހުމާލުތަކެއް ވެފައެވެ. އެގޮތުން ލިބޭ ފައިސާ ބެހެއްޓުމަށް ތިޖޫރީއެއް ނުވަތަ ރައްކައުކުރުމަށް ފޮއްޓެށް އަދި ސްޓޯރިނގް ރޫމެއްވެސް ނެތްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ފައިސާ ބަހައްޓަންޖެހޭ ހާލަތެއްގައި ބަހައްޓާފައިވަނީ މުއައްޒިފެއްގެ މޭޒު ވަތްގަނޑުގައިކަމަށް ބުނެފައިވެއެވެ. ތިޖޫރީއިން ނެގޭ އަދި ބެހެއްޓޭ ފައިސާގެ ރިކޯޑެއްވެސް ބަލަހައްޓާފައިނުވާކަމަށް އޮޑިޓޫން ބުނެފައިވެއެވެ.

2021 ވަނަ އަހަރުގެ ތެރޭގައި ކަންއުންސިލުން ބޭނުންކުރި އެއްވެސް އެކައުންޓެއްގެ ބާކީ ބަލަހައްޓާފައިނުވާކަމަށް ބުނެފައިވާއިރު، ބެންކު އެކައުންޓުގެ ރިކޮންސިލިއޭޝަން ހަދާފައިނުވާކަންވެސް އޮޑިޓުންވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އަހަރު ނިމިގެންދިޔައިރު އިދާރާގައި ހުރި ފައިސާގެ ސައްހަ އަދަދު ކަށަވަރު ކުރެވިފައިނުވާކަމަށް ބުނެފައިވެއެވެ.

ދައުލަތުގެ އޮފީސްތަކުން ޕްރޮކިއަމެންޓު މަސައްކަތްކުރުމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެ އޮފީހުގެ ބިޑު ކޮމިޓީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ކުރަންޖެހޭކަމަށް މާލިއްޔާތު ގަވައިދުގައި ވެއެވެ. އެހެންނަމަވެސް ކައުންސިލުގެ އެދާރާގެ ބިޑު ކޮމިޓީއިން ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

ދައުލަތުގެ އޮފީސްތަކުން އަހަރު ނިމުމުން ތައްޔާރުކުރަންޖޭހޭ މާލީ ބަޔާނުގައި ހިމަނަންޖޭހޭ މައުލޫމާތުތަކެއް ފުރިހަމަކުރުމުގައިވެސް ކައުންސިލުންވަނީ އިހުމާލުތަކެއްވެފައިކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ލިބެންޖޭހޭ އާމްދަނީ އަދި އެހެނިހެން ގޮތް ގޮތުން ލިބެންޖޭހޭ ފައިސާގެ ތެރެއިން ނުލިބި ފައިސާގެ ތަފްސީލު ހިމެނުމަށް މާލިއްޔާތު ގަވައިދުގައިވެއެވެ. އެހެންނަމަވެސް ކައުންސިލުގެ އިދާރާއިން މި މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކޮށްފައިނުވާކަމަށް އޮޑިޓުން ފާހަގަކުރެއެވެ.

ކައުންސިލުގެ ބެލުމުގެ ދަށުގައި ވާ ހަރުމުދާ ބެލެހެއްޓުމުގައިވެސް އިހުމާލުތަކެއް ވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން މާލިއްޔާތު ގަވައިދުގެ ދަށުން މަދުވެގެން އަހަރަކު އެއް ފަހަރު ބެލުމުގެ ދަށުގައިވާ މުދާ ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއް ފަހަރު ޗެކު ކުރަން ޖެހެއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި ހަރުމުދާ ހަމައަށް ހުރިތޯ ބަލާފައިނުވާކަމަށް ފާހަަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: