މި އަހަރުގެ ފުރަތަމަ 11 ދުވަހު ދިވެހިރާއްޖެއަށް 59،071 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސަާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު 14 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 51،816 ފަތުރުވެރިންނެވެ. އަދި އޭގެ ކުރީ އަހަރު 33،544 ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ.
މި އަހަރުގެ ފުރަތަމަ 11 ދުވަހު ރާއްޖެ އައި ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި 8 ދުވަހު މަޑުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ދުވާލަކު އެވްރެޖްކޮށް 5،370 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ.
ރަޝިޔާއިން ރާއްޖެއަށް މިހާތަނަށް 10،697 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

