މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ވޯޓްކަރުދާހުގައި އޮންނާނެ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިލެއްވޭނެ ކަމަށެވެ.
ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެވިއްޖެ ހާލަތެއްގައި ޕާޓީގެ ވިސްނުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހީނާ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އެކަމަކަށް ބަދަލެއް ނާދޭ. އަދި ބަދަލެއް ނުވެސް އަންނާނެ. އަޅުގަނޑުމެން މިޕާޓީން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން އަށް ކުރިމަތިލެއްވޭނެ ރިޔާސީ އިންތިހާބުގައި އިރާދަކުރެއްވިއްޔާ.
ހީނާ ވިދާޅުވީ ރައީސް ޔާމީން އަށް ކުރިމަތިނުލެވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިހާބަކީ އެއްވެސް އިންސާފުވެރިކަމެއް އަދި މިނިވަން ކަމެއް ނެތް އިންތިހާބެއް ކަމަށާއި އެ އިންތިހާބު ޕީޕީއެމް އިން ގަބޫލު ނުކުރާނެ ކަމަށެވެ.
އިދިކޮޅުގެ ލީޑަރު ޖަލަށްލައިގެން އިންތިހާބެއްގެ ކެމްޕޭންކޮށް ރަށްރަށަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުރައްވަމުންގެންދާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނީ އިދިކޮޅުގެ ލީޑަރަށްވެސް ކެމްޕޭން ކުރުމުގެ ފުރުސަތު ދީ މިނިވަންކޮށްފައި ބަހައްޓައިގެން ބާއްވާ އިންތިހާބެއް ކަމަށެވެ.
އަޅުގަނޑުމެން އެދެނި ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކޮށް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ގޮތަށް މިސަރުކާރުން އަމަލުކުރުން
ޔާމީންގެ ޖަލު ހުކުމާއި ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ލަފާކުރެވޭއިރު އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވަނީ އެމައްސަލަ ވީހާވެސް އަވަހަކަށް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.
މީގެ ކުރިން ނޫވެސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި މައްސަލަ އިސްތިއުނާފަށް ނުލެވި ދިގުލައިގެންދަނީ ޝަރީއަތް ނިމުނު ގޮތުގެ ފައިނަލް ރިޕޯޓް ނުލިބި ލަސްވާތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން މި ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ރައީސް ޔާމީންގެ ޝަރީއަތުގެ ފައިނަލް ރިޕޯޓް ވަނީ ވަކީލުންނާ ހަވާލުކޮށްފައެވެ.
ރައީސް ޔާމީން ޖަލަށްލި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ބަދަލު ނުވާނެ ކަމަށާއި ރައީސް ޔާމީންގެ ޖަލު ހުކުމް އިސްތިއުނާފްކޮށް ރައީސް ޔާމީން މިނިވަންވެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނެ ވާދަކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވަނީ ބުނެފައެވެ.


One Response
ތިމީހާގެ ނަން ވޯޓްކަރުދާހުގަ އޮތިއްޔާ، ތިރީގައެވާ އެންމެންގެ ނަންވެސް ވޯޓްކަރުދާހުގަ އެޮށްނަންވާނެ
ހިޓްލާރ
ސެރޮން
އަމީތާބު
މަންމާފުޅު އަދުރޭ
ޓުރަމްޕް