ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަމުގައި ކަންކަން ކުރާނީ ގާނޫނުގައި ލިޔެފައި އޮތް ގޮތަށް، ތަރުތީބުން: ރައީސް

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ށ މިލަންދޫގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނު ކަންކަން ކުރައްވަނީ ގާނޫނުގައި ލިޔެވިފައި އޮންނަ ގޮތަކަމަށާއި، އަދި ތަރުތީބާއިއެކު ނިކުމެދާނެ ނަތީޖާއަކަށް ބައްލަވައިގެންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރެއްގައި ށ މިލަންދޫގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެ ރަށަށް އެމަނިކުފާނަށް  އާދެވުނީ ދުވަހުގެ އެންމެ ހޫނު ގަދަ ވަގުތުގައިކަމަށެވެ.

ނަމަވެސް އެ ރަށުން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއެއްކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ދާއިރާ އޮތީ އެމްޑީޕީއާއިއެކީ ކުރިއަށް ދިއުމަށް ތައްޔާރަށްކަމަށް ގަބޫލުކުރެވުނުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާތަނަށް އައި ރިޔާސީ އިންތިހާބުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައިވެސް މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރުން ގޮތް ނިންމާފައި އޮތީ ވަރަށް ވިސްނުންތެރިކަމާއި އެކުގައިކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ޝައްކެއް ނެތް ގޮތުގައި މިލަންދޫ ބޮޑުތަނުން ކާމިޔާބުވާނީ އެމަނިކުފާނަކަށްމަށެވެ. 2013 އިން ފެށީގެން 2018 އާއި ހަމައަށް އެ ދާއިރާއަށް ކޮށްދެވުނީ ކީއްތޯ ރައީސް ސާލިހު އެއްސެވިއެވެ. ރައީސް ވިދާޅުވީ ހުދު އެބޭފުޅުންވެސް ތިބީ މަގުމަތީގައިކަމަށެވެ. މުޒާހަރާވެސް ކުރަންޖެހޭނެކަމަށާއި، އަޑުވެސް އުފުލަން ޖެހޭނެކަމަށާއި ނަމަވެސް ތާ އަބަދަށް އެގޮތުގައި ދެމި ނުތިބެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ފަސޭހަކަމާއިއެކު ކުރިއަށް ދެވެން އޮތް ގޮތް ފެނުނީމައި ދެން ދާން ޖެހޭނީ އެ މަގުންކަމަ ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އެ ގޮތް އޮއްވާ މަގުމައްޗަށް ނިކުތުމަކީ އެމްޑީޕީއަށާއި، އަދި އެ ދާއިރާއަށްވެސް ރަނގަޅު ގޮތެއް ނޫންކަމަށެވެ.

 ”އަޅުގަނޑުމެން މަގުމަތިވެފައި ތިބީ. ކޮންމެ ދުވަހަކު ހެދުނެއް، މެންދުރެއް، ހަވީރެއް ނެތި ހޫނާއި އައްވާ ވާރެއާއި އެކީގައި މަގުމައްޗަށް ނިކުމެ އަޅުގަނޑުމެން ތިބެން ޖެހުނީ އަޑު އުފުލަން. މުޒާހިރާ ކުރަންވާނެ. ފެންނަ ގޮތްވެސް ހަމާކުރަންޖެހޭނެ. އެކަމަކު ތާ އަބަދު މުޅި އުމުރުގައި އެކަން ކުރަންޖެހުނީމައި އެއީ ރަނގަޅު ގޮތެއް ނޫން

އެ ދާއިރާއަށްވީ ވައުދުތަކުގެ ތެރެއިން ނިންމާނުލެވި ނުވަތަ މަސައްކަތް ނުފެށި ހުރީ ދެތިންކަމެއްގެކަމަށާއި، އެއީ ފަސް އަހަރުން ފުއްދަވައިދެއްވަން ވައުދުވީ ކަންކަންކަމަށް ވިދާޅުވިއެވެ. އަދި ފަސް އަހަރު ނިމިގެންދާއިރު އެހުރިހާކަމެއްވެސް ނިމޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ލާމަރުކަޒީ ނިޒާމަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުން ރަށްތަށް ހިންގުމަށް ފަސޭހަވެއްޖެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން ރައީސް ފާހަގަކުރެއްވީ އާރުޓީއެލް އެ ރަށުގައި ފެށުމަށް ތައްޔާރުވެފައިވާކަމެވެ. މިއީ މީގެ ކުރީގައި އެއްވެސް ބޭފުޅަކަށް ހިތަށްވެސް ނާރާ ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެބޭފުޅުން ކަންތައްތައް ކުރަނީ ގާނޫނުގައި ލިޔެފައި އޮތް ގޮތަށްކަމަށާއި، ތަރުތީބުން ކަމަށެވެ. ހަމަ ހިތައް އެރީމައި ވަކި މީހަކަށް ވަކި ކަމެއް ހަވާލުކުރަނީއެއް ނޫންކަމަށާއި، އަދި ކަންކަން ނިންމަނީވެސް އެގޮތަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ވިސްނުމެއް ނެތި ޕްލޭނެއް ނެތި މިލަންދޫ ދާއިރާއަށް މީގެ ކުރީގެ ސަރުކާރުތަކުން ކަންކަން ކޮށްދީފައި އެބަހުރިކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމުގެ ނުބައި ނަތީޖާ އެ ރަށުގެ ރައްޔިތުންނަށް ވާނީ އިހުސާސްކުރެވިފައިކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ އެ ދާއިރާގައި ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކެވެ. ނަމަވެސް މިކަންވެސް ކުރުމަށްޓަކައި ސަރުކާރުން ނަގަން ނިންމާފައިވާ ރަށްތައްވެސް ނަގާނީ ގާނޫނާއި އެއްގޮތަކަމަށާއި، އެ ނޫން ގޮތްގޮތަށް ގާނޫނާއި ހިލާފަށް އެހެން ސަރުކާރުތަކުން ކުރިން ކަންކަން ނިންމުމުން އަދިވެސް އެކަމުން އަރައި ނުގަނެވޭކަމަށް ރައީސް ވިދާޅުވިއެވެ.

 ”ސަރުކާރުން އެގްރީމެންޓެއް މީހަކާއި ހަދާފައި އޮވެއްޖެއްޔާ އެ ދޭންޖެހޭ ބަދަލެއް އަޅުގަނޑުމެން ދޭން ޖެހޭނެ.  އެ މަރުހަލާ މިހާރު ކުރިއަށްދަނީ. އެއްވެސް ރައޔްިތަކު ބާކީ ކުރުމަކީ އަޅުގަނޑުމެން ކުރާނެކަމެއް ނޫން. އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދިނުމަކީ އަޅުގަނޑު ކުރާނެކަމެއް ނޫން

މީގެ އިތުރުން ރައީސް ވިދާޅުވީ އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުން ނުގެންގުޅޭނެކަމަށެވެ. އެމްޑީޕީގެ ތިލަފަތް ހަމަހަމަވާނެކަމަށާއި، ވަކި ފަރާތަކަށް ބުރަނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ ދާއިރާގެ މަރަދޫ އާއި ފީވަކަކީ މިއީ ކުރިން ބާކީ ކޮށްފައި އޮތް ދެ ރަށްކަމަށާއި، އެއްވެސް ވެރިކަމެއްގައި އެ ދެ ރަށުގެ ތަރައްގީއަށްޓަކައި މާ ބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ދައުރުގެ ތެރޭގައި އެ ދާއިރާއަށް 236 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިލަންދޫއަށް 106 މިލިއަން ހަރަދުކޮށްފައިވާއިރު، މަރަދޫއަށް 30 މިލިއަން ހަރަދުކޮށްފައިވެއެވެ. މި ހަތަރު އަހަރު ނިމޭއިރު އެ ދެ ރަށަށްވެސް ރައްޔިތުންގެ ފައިދާއަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެވިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

މިއީ ބޭކާރު ހަރަދެއްކަމަށް ބައެއް ބޭފުޅުން ވިދާޅުވާނެކަމަށާއި، ނަމަވެސް އެއީވެސް ޓެކްސް ދައްކާ ރައްޔިތުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބާކީކޮށް، އެ ހައްގުތަށް ނުލިބޭންވީ ކީއްވެގެންތޯ ރައީސް ސުވާލުއުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: