ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަދަދެއްގެ ފުލުހުން އަލްހާން އޮފީހަށް ވަދެ ބަލާ ފާސް ކުރަން ފަށައިފި

ކޯޓު އަމުރަކާއި އެކު ފުލުހުން އަލްހާން އޮފީސްގައި/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން ނުވަތަ ޕޮންޒީ ސްކީމާއި ގުޅުން ހުރި އަމަލުތަކެއް ހިންގަމުން ދާކަމަށް ބުނެ ”ކިންގްސް ކެޕިޓަލް ހޯލްޑިންގްސް“ ގެ މައްޗަށް ތަހުގީގު ކުރަމުން ދާ މައްސަލައިގައި ކުންފުނީގެ ބޯޑް މެމްބަރ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އޮފީހަށް ކޯޓު އަމުރަކާއި އެކު ފުލުހުން ވަދެ ބަލާ ފާސް ކުރަން ފަށައިފި އެވެ.

ތަނާއި ތަކެތި ބަލާ ފާސް ކުރުމުގެ އަމުރަކާއި އެކު ފުލުހުން އަލްހާންގެ އޮފީހަށް ވަދެފައި ވަނީ 02:30 ހާއިރެވެ. ކޯޓު އަމުރުގައި ވާގޮތުން ބަލައި ފާސް ކުރުމަށް ބޭނުން ވަނީ ކިންގްސް ޓްރޭޑިން އެންޑް ސަޕްލައި ލިމިޓެޑާއި ގުޅުން ހުރި ތަންތަނެވެ. އަދި އަމުރު ނެރުނު ސަބަބެއްކަމަށް ވަނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން އާއްމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވައިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓު ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭކަމަށް ދައްކަމުން ދިޔަކަމުގެ ތުހުމަތުގަ އެވެ.

ކޯޓު އަމުރުގައި ވަނީ އެ އަމުރު ނެރެފައި ވަނީ ކިންސް ކުންފުނިން ހިންގާ “ކިންގްސް ފޮރެކްސީ” އިންވެސްޓްމަންޓާއި ގުޅޭގޮތުން އިންވެސްޓަރުންނާއި އެކު ކުރި މުއާމަލާތުގެ މައުލޫމާތާއި އިންލައިން ޕްލެޓްފޯމުތަކުގައި ބޭނުންކޮށްގައި މުއާމަލާތްތަކުގެ މައުލޫމާތާއި އޮންލައިން ޕްލެޓްފޯމުތަކުގައި ބޭނުންކޮށްފައިވާ ޑިޖިޓަލް ކަރަންސީ އާއި ގުޅޭ އެންމެހައި މައުލޫމާތު ދެނެގަތުމަށް އިންވެސްޓްމަންޓާއި ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހެއްކާއި ގަރީހާ ހޯދުމަށް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ އޮފީހަށް ފުލުހުން ވަދެފައިވާ މައްސަލައިގައި ”ސަންގު“ އާއި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ފުލުހުން އެނާގެ ފޯނު ވެސް އަތުލާފައިވާކަމަށާއި ކޯޓު އަމުރާއި އެކު އޭނާގެ އޮފީހަށް ވަދެފައިވަނީ ކުއްލި ގޮތަކަށެވެ.

ރާއްޖޭގެ އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން، ސްކޭމެއް ހިންގާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފުރަތަމަ ބަޔާނެއް އާއްމު ކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ސީދާ ވަކި ބައެއްގެ ނަން ނުހިމަނައި ނެރުނު އެ ބަޔާނުގައި ވަނީ ސޯޝަލް މީޑިއާގެ ފޭސްބުކާއި، ޓެލެގްރާމް ޗެނަލްތައް ބޭނުންކޮށްގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެކަމަށް ބުނެ އިންވެސޓު ކުރުވައި ސްކީމްގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އޭގެ ފަހުން ފުލުހުން ވެސް ވަނީ ބަޔާނެއް އާއްމުކޮށް ބުނީ ކަމާއި ބެހޭ އިދާރާތްތަކުން ދިން މައުލޫމާތުތަކަށް ފަހު، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ފާހަގަ ކުރެވިފައި ވާތީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓު ކުރުމުގައި، މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް އެދޭކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކުރި އެވެ.

އޭގެ ފަހުން ވެސް ފުލުހުން ބަޔާންތަކެއް އާއްމު ކުރިއިރު ތުހުމަތުތައް އަމާޒު ވަނީ، ކިންގްސް ކުންފުންޏަށްކަމަށް ބުނެފައި ނުވެ އެވެ. ނަމަވެސް ސުވާލު ކުރުމަށް އަލްހާން ފުލުހަށް ހާޒިރުކޮށްފައި ވެއެވެ.

ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަލްހާން ވަނީ މައްސަލައިގައި މީޑިއާތަކާއި ވެސް ބައްދަލު ކުރައްވާފަ އެވެ. މާލީ ގެއްލުންތަކުގެ ދައުވާ ކޯޓުގައި ކުރިޔަށް ގެންދާނެކަން ފާހަގަކުރައްވައި އަލްހާން ވިދާޅުވީ، އެނާއަކީ އޮންލައިން ނުވަތަ ފޮރެކްސް ޓްރޭޑިންގެ މާބޮޑު އިލްމެއް އުނގެނިގެން ހުރި މީހެއް ނޫނަސް މިއީ އެއްވެސް ގޯސް މަސައްކަތެއް ނޫންކަން އެނގޭ ކަމަށެވެ.

މައްސަލައިގައި އަލްހާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ އެވެ. އަދި ޕޮންޒީ ސްކީމްގެ އެއްވެސް ކަމެއް އޭނާ ކުރަމުން ނުދާކަމަށާއި ޓްރޭޑު ކުރަނީ އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައިކަމަށާއި، މި މަސައްކަތް ކުރިޔަށް ދަނީ އިންޓަނޭޝަނަލް ބްރޯކާސްތައް މެދުވެރިކޮށްކަން އަލްހާން ފާހަގަ ކުރެއްވި އެވެ.

އަލްހާން ވަނީ އޭނާގެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރޭޑިން ޕްލެޓްފޯމު ޑެރިވްގެ އެފިލިއޭޓު ޕާޓްނަރުކަމަށް ވިދާޅުވެފަ އެވެ. ޕޮންޒީ ސްކީމް ހިންގާ ބަޔަކަށް މިހާ ބޮޑު ކުރިއެރުމެއް ހޯދިދާނެތޯ އެމްއެމްއޭއިންނާއި ބީއެމްއެލް ވެސް ދިރާސާއެއް ހެދުމަށް އަލްހާން ގޮވާލި އެވެ.

ޕޮންޒީ ސްކީމުގެ ސިފަތަކެއް މީގައި ހިމެނޭކަމަށް ބުނެ، ފައިސާ ވެސް އެތެރެވިޔަ ނުދީ ހިފެހެއްޓިކަމަށް އަލްހާން ވިދާޅުވި އެވެ. އޭނާއަށް މިހާބޮޑު ދަތި ކުރުމުގެ ފިޔަވަޅެއް އެޅީ، ބީއެމްއެލްގެ އެތައް ސޭވިން އެކައުންޓެއް މިކަމުގެ ތެރެއަށް ވަނުންކަމަށް އަލްހާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: