ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން ގުޅީގައި އޮޑި ދޯނިފަހަރަށް ފެނުގެ ހިދުމަތް ދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތްދޭން ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ގުޅީގައި ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދައްކާލުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.

ފެނުގެ ހިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެން ދިއުމާއި އެކު، ސްޓެލްކޯގެ މެނޭޖްމެންޓުން ވަނީ ގުޅީގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ.

އޮޑިދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބްރޭންޑަކަށް ބަހާލައިގެން ކަން ސްޓެލްކޯއިން ވަނީ ބުނެފައެެވެ. އެއީ ބްރޭންޑް A އަށް 10 ރުފިޔާ އަދި ބްރޭންޑް B އަށް 12 ރުފިޔާ 50 ލާރި އަދި ބްރޭންޑް C (ސީ) އަށް 13 ރުފިޔާ 50 ލާރިއެވެ.

ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އޮޑިދޯނިފަހަރުގެ އިތުރުންވެސް ފެނުގެ ހިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް އެ ހިދުމަތް ގުޅިން ލިބޭނެ ކަމަށެވެ.

ސްޓެލްކޯ އިން އއ. މަހިބަދޫ އާއި ކ. ގާފަރުގައި ވެސް އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް ދެމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފެނުގެ ހިދުމަތްދޭ އެހެން ރަށްރަށުގައިވެސް އެ ހިދުމަތް ދިނުމަށް ތައްޔާރު ވަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: