ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގައި ތިބި ޣައްދާރުންނާ އެކު މަސައްކަތް ކުރައްވާކަށް ރައީސް ޔާމީން ނޫޅުއްވާ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި ޣައްދާރުންނާ އެކުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތްކުރެއްވުމަށް ނޫޅުއްވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރައީސް ޔާމީން އާއި އެކީ މަސައްކަތްކުރުމަށް ބޭނުންނުވާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޔަމީންގެ ވާހަކަތައް އަންނަން ފެށި ހިސާބަކީ ރައީސް ސާލިހަށްވުރެ ރައީސް ޔާމީން “ތަންދޮރު” ދަންނަކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންއަކީ ވިޝަންއެއް ހުންނަވާ ބޭފުޅެއްކަމަށެވެ. އަދި ރައީސް ޔާމީނަކީ ތައުލީމީ ބޭފުޅެއް ކަމަށާއި އެހެންކަމުން ރައީސް ސޯލިހަށް ވުރެ ޔާމީން މާރަނގަޅު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި “އިބޫ 2023” ޖަލްސާގައި ރައީސް ޔަމީން “އޯކޭ” އެއް ނޫންކަމަށް ރައީސް ސާލިހު ވިދާޅުވީ މި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ.

ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ.

މި ވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވަނީ ގައުމުގައި ތިބި ޢައްދާރުންނާއިއެކު މަސައްކަތްކުރެއްވުމަށް ރައީސް ޔަމީން ނޫޅުއްވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އެކަން ދުވަހަކުވެސް ނުކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީން އަކަށް ޢައްދާރުން “އޯކޭ” ނޫންކަމަށާއި، ދިވެހި ތާރީހު މިހާތަނަށް ދުން އެންމެ ބޮޑު ޢައްދާރަކީ ރައީސް ސާލިހުކަމަށެވެ.

ރައީސް ނަޝީދު، ރައީސް ސާލިހާއި ރައީސް ޔާމީން އަޅާކިޔުންވާ ދެއްކެވި ވާހަކައައި ގުޅިގެން ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީން ނޫން ބަޔަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ކަންކަން ވަމުން ދިޔަ ގޮތް މާޒީގައި ފެނިއްޖެކަމަށެވެ. މީގެ ކުރީގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުންނަމަ އެމްޑީޕީގެ ޕްރައިމަރީގައި ނިކުންނަ ނަތީޖާއެއްގެ ސަބަބުން ރައީސް ޔާމީންގެ ހަގީގަތާއި ދުރު ސިޔާސަތުތައް އަލުން އަބުރާ ރާއްޖޭގެ ވެރިކަމަށް އައުމަކީ އެކަށީގެންވާކަމެކެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޤައްދާރުންނަކީ ކޮންބައެއްކަން މިޔަދު އޮޅިއްޖެ، ވެރިކަމުގެ 5އަހަރު އުޅުނީ އަމިއްލަ ގޭގަ ފައިސާގުނަން، 15މިލިޔަން ރުފިޔާ އަޅުކުދިންލައްވާ އަތުންގުނާލީ، ދައުލަތުގެ ތިޖޫރި ފެންފޮދަކާނުލާ ދިރުވާލީ، އަމިއްލަގެ ބުރިބުރިއަށް އަރަމުންދަނީ، ވެރިކަމައްއައިސް ކީކޭތޯބުނީ، ތިމަންމަނިކުފާނު ނަންގަވާނީ މުސާރައިގެ %50 އޭކިޔާފަ ދުވަސްކޮޅެއްނުވޭ ފުލްމުސާރަނަންގަވަންފެށީ، ރައްޔިތުން އެމަނިކުފާނާ ސުވާލުކުރުމުން ކީކޭތޯދެއްނެވީ، ތިމަންމަނިކުފާނުގެ ދަރިކަލުން ކުއްޔައްއުޅޭ ފުލެޓަށް ލާރިދައްކަންވެގެންނޭ، އެއިރު އަތުގަ ލާރިނެތްމީހެއް މިހާރު އަމިއްލަގެ 25ބުރިއަށްނަގަނީ ކޮންތާކުންހޯދި ފައިސާއަކުންތޯ، މީކުޑަމިންވަރެއް، މިވަރުންވެސް ގައްދާރުންނަކީ ކޮބައިކަން ސާފުދެއްތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: