ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 20 މިލިއަނުން މަތީގައި!

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 20 މިލިއަނުން މައްޗަށް އަރާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބައެއް ތަންތަނުން ސްޓެލްކޯއިން ކަރަންޓް ކަނޑާލައިފައިވާކަމަށް ބުނެ މީޑިއާތަކުގައި ދަނީ ބައެއް ވާހަކަތައް ދައުރުވަމުންނެވެ. މިކަމާއި ގުޅިގެން “ސަންގުން” ޝަރީފް އާއި ސުވާލުކުރުމުން ވިދާޅުވީ އާންމު އުސޫލަކުން ބަލައިފިނަމަ ކަރަންޓު ކަނޑާލާނީ ކަރަންޓު ބިލު ނުދައްކާތާ އެތައް ދުވަހެއްވުމުންކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަޖެހޭ ފައިސާގެ އަދަދު 20 މިލިއަނަށްވުރެ މައްޗަށް އަރާނެއެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލަށް ސްޓެލްކޯގެ ފަރާތުން އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާނެކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެތައް ސިޓީއެއް ފޮނުވާފައިވާނެކަމަށާއި، ނަމަވެސް މިއިން އެއްވެސް ސިޓީއަކަށް ކައުންސިލުން ޖަވާބުނުދެއްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ 20 މިލިއަން ދައްކާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޕޭމަންޓް ޝެޑިއުލްއެއް ހަދަން. އަދި އޭގެން އެއްވެސް އެއްޗަކަށް އެބޭފުޅުން ޖަވާބެއް ނުދެއްވާ

މީގެ ކުރީގައި ސިޓީއެއް ފޮނުވާ، ސިޓީތަކަށް ޖަވާބުނުދެއްވަނީނަމަ ކަރަންޓު ކަނޑާލަން ޖެހިދާނެކަމަށް ސިޓީ ކައުންސިލުގައި ދަންނަވާފައިވާނެކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މީގެ 2 މަސް ކުރިންވެސް އެ އެގުން އަންގާފައިވާނެކަމަށެވެ.

ނަމަވެސް ކަރަންޓް ކަނޑާލާފައިވާނީ އާންމު ރައްޔިތުންނަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވާނެހެންކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ޝަރީފް ފާހަގަކުރެއްވީ، މިސްކިތްތަކާއި، މަގުމަތީ ބައްތިތަކުންނާއި އަދި މަސްމާރުކޭޓުފަދަ އާންމު ހިދުމަތްދޭ ތަންތަނުން ކަރަންޓު ކަނޑާފައިނުވާނެކަމަށެވެ. ނަމަވެސް މިއީވެސް ހަމަ ސިޓީ ކައުންސިލުގެ ބޭނުމަށް ބޭނުންކުރަމުންދާ ތަންތަންކަމަށް ޝަރީފް ވިދާޅުވިއެވެ.

ކަރަންޓު ކަނޑާލައިފައިވާނީ ކައުންސިލަށް އާމްދަނީ ހޯދުމަށް ބޭނުންކުރާ ތަންތަނުންކަމަށާއި، އަދި އޮފީސްގެ ގޮތުގައި ބޭނުންކުރާ ތަންތަނުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: