ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ކެމްޕެއިން ނިންމާލާނީ އައްޑޫގައި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވާ ކެމްޕެއިންގެ ފަހު ޖަލްސާ އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުންދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. ރައީސް ނަޝީދު ރައީސް ސާލިހު ގެންގުޅުއްވާ ކޯލިޝަން ވިސްނުންފުޅަށް ފާޑުކިޔުން އަމާޒުކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ މި ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން އެމްޑީޕީ މަގުމަތިވެދާނެކަމުގެ އިންޒާރުތައް ދެއްވަމުންނެވެ.

ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް ސާލިހު މިހާރުވަނީ ގިނަ އަތޮޅުތަކަކަށް ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން ރ އަތޮޅު، ނ ރ އަދި ބ އަތޮޅަށް ޒިޔާރަތްކުރައްވާ އެ އަތޮޅުތަކުގައި ތިއްބެވި ޕާޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައިވާއިރު، ދާދި ފަހުން އެމަނިކުފާނުވަނީ ހދ ހއ ލ އަދި ށ އަތޮޅުގެ އިތުރުން ގދ އަދި ގއ އަތޮޅަށްވެސް ޒިޔާރަތްކުރައްވާފައެވެ.

އެމަނިކުފާނު މިހާރު ވަޑައިގެންފައިވަނީ އދ އަދި އއ އާއި ކ އަތޮޅުގ މެމްބަރުންނާއި ބައްދަލު ކުރެއްވުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. މި ކެމްޕެއިން ދަތުރުގެ ފަހު ޖަލްސާ ބެއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫގެ ސްޓޭޖް އޭރިއާގައި ރޭގަނޑުގެ 20:30 ގައެވެ.

ރައީސް ސާލިހު މި ކެޕްމެއިންގެ ތެރެއިން ދައްކަވަމުންދާ ވާހަކަތަކުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައްވެސް ހިމެނޭއިރު، އިޖްތިމާއީ އަދި އިގްތިސާދީ ހަމަޖެހުން ކަށަވަރު ކުރުމުގެ ގޮތުން ތައުލީމީ ޖީލެއް ބިނާ ކުރުމުގެ މުހިންމުކަމާއި އެކަމަށް ކުރައްވަމުންދާ މަސައްކަތްތަކަށްވެސް އަލި އަޅުއްވައި ވާހަކަދައްކަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: