ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުމެން ޕްރައިމަރީގައި ޕީޕީއެމްއަށް އެއްޗެހި ގޮވާނަމަ އެކަމަށް ރައްދުދޭނަން: ޑރ ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފަދަ ބޭފުޅުން ޕީޕީއެމް އަށް އެއްޗެހި ގޮވާނަމަ އެކަމަށް ރައްދުދޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު ޓެގް ކުރައްވާ ކުރެއްވި ޓްވީޓްގައި ޝަހީމް ވިދާޅުވީ ޕީޕީއެމް އަކީ ކޮންމެ ދިމާލަކުން ބިނާކުރުވަނިވި ހިދުމަތްތަކެއް ގައުމަށް ކޮށްދީފައިވާ ޕާޓީއެއް ކަމަށެވެ. އަދި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ގާއިމްކުރި ބޮޑެތި ބިޔަ މަޝްރޫއުތައް އެހުރީ ފެންނަން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ޝާހިދު ވަނީ ރައީސް ޔާމީންގެ ވެރިކަމަކީ އަނދިރި ވެރިކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެދުވަސް އަނބުރާ ގެނައުމަށް ބޭނުން ނުވާނަމަ އެންމެންނާ އެކީގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކެންޑިޑޭޓަކަށް ވޯޓް ދިނުމަށާއި އެމީހަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދުގެ ވާހަކަތަކަށް ޝަހީމް ރައްދު ދެއްވިއިރު، އިދިކޮޅުން ދަނީ ރައީސް ސާލިހް ކެމްޕޭން އާއި ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލު ކުރާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައެވެ.

އިންތިހާބުތަކާއި ގުޅުވައި ސަރުކާރުގެ ފައިސާ އާއި، ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރަމުންގެންދާތީ އެވާހަތައް ފާހަގަކުރަމުން ، އެކަމާއި މެދު އޭސީސީއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަމާއި ގުޅޭ ގޮތުން ކޮމިޝަނާއި ސުވާލުކުރި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތަކުގައިވެސް މިކަންކަން ތަކުރާރުވެގެންދާކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ސަރުކާރުގެ ފައިސާއާއި ވަސީލަތްތައްވެސް މި އިންތިހާބުގައި ބޭނުންކުރަމުންގެންދާކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން ކޮންޓްރެކްޓް އުސޫލަށް ބައިވަރު ވަޒީފާތައްވެސް މި އިންތިހާބާއި ދިމާކޮށް ދެމުން އެބަގެންދާކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކުން ދީފައިވާ ވަޒީފާތައް އޭނާ ފާހަގަކުރެއްވިއެވެ

ޝިޔާމް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހުރިހާ ގޮތަކަށް މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވާ މަންޒަރު ފެންނަކަމަށެވެ. ދިވެހި ރައްޔިތުން ތިބީ ވަރަށް ހާލުގައިކަމަށާއި، ލިބޭ މުސާރަވެސް ކުޑަކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިފަދަ ހާލުގައި ރައްޔިތުން ތިބިއިރު، ސިޔާސީ މަންފާއަށް ދައުލަތުގެ މުދަލާއި، ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ދައުލަތުގެ ދަރަނިވެސް އިންތިހާއަށް ބޮޑުވަމުންދާކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ އަންނަ އޮތް ޖީލުތަކަށް އިޔާދަނުކުރެވޭ ވަރަށް ގައުމުގެ ދަރަނި ބޮޑުވެއްޖެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: