ދީނާ ބެހިގަނެގެން ހުރިހާ މެމްބަރުން ޑިފެންސަށް ކުޅުވާކަމަށް ވިދާޅުވެ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
މިފަދައިން ވިދާޅުވެ ޓުވީޓެއްކުރައްވާފައިވާއިރު، މޫސާ އަލީ މަނިކު އަކީ އެމްޑީޕީގައި އޮތް ދެ ފެކްޝަންގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ، ރައީސް ނަޝީދާއި ދެކޮޅު މެންބަރެކެވެ. މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އޭނާ ތާއީދުކުރައްވަނީ ރައީސް ސާލިހަށެވެ.
އެހެންކަމުން އެއްވެސް ވެރިކަމެއް ކަމަކު ނުދިޔަކަމަށާއި، އަމިއްލަ ވެރިކަން ވެސް ކަމަކު ނުދިޔަކަމަށް ވިދާޅުވެ މޫސާ އަލީ މަނިކު އެ ވާހަކަތައް އެ ރައްދު ކުރެއްވީ ރައީސް ނަޝީދަށާއި، އެމަނިކުފާނުގެ އަރިސް މެންބަރުންނަށެވެ.
އެއްވެސް ވެރިކަމެއް ކަމަކު ނުދިޔަ. އަމިއްލަ ވެރިކަން ވެސް ކަމަކު ނުދިޔަ. އެކި އެކި އިލްޒާމްތަކާއި ބިރު ދެއްކުމާއި ބިރުވެރިކަން ފެތުރުން ނޫން ކަމެއް ކުރާކަށް ނޭނގޭ. ދީނާ ބެހިގަނެގެން ހުރިހާ މެމްބަރުން ޑިފެންސަށް ކުޅުވުމާއި ގިނަ ބަޔަކު އަބަދު ޖަލުގަ ތިބޭނެ ގޮތެއް ނޫނީ ނުހަދާނެ.
— Moosa Ali Manik 🇲🇻 (@VMookey) January 23, 2023
ރައީސް ނަޝީދަށް ފާޑު ވިދާޅުވެ މޫސާ އަލީ މަނިކު ކުރެއްވި މި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެކި އެކި އިލްޒާމްތަކާއި ބިރު ދެއްކުމާއި ބިރުވެރިކަން ފެތުރުން ނޫން ކަމެއް ކުރަން ނޭނގޭކަމަށެވެ.
މީގެ އިތުރުން މޫސާ އަލީ މަނިކު ވިދާޅުވެފައިވަނީ ދީނާ ބެހިގަނެގެން ހުރިހާ މެމްބަރުން ޑިފެންސަށް ކުޅުވުން ފިޔަވާ އިތުރުކަމެއްކުރައްވަން ވާދަވެރިންނަށް ނޭނގޭކަމަށެވެ. އަދި ގިނަ ބަޔަކު ޖަލުގައި ތިބޭނެ ގޮތެއް ނޫނީ ނަހައްދަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

