ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗް މަހުގެ ތެރޭގައި ގޯތި ލިބޭ ފަރާތްތައް އިއުލާނު ކުރަނީ!

ގޯތި ކަނޑައެޅުމަށް ޕްލޮޓުތައް ސާފުކުރާ މަންޒަރު: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

”ބިންވެރިޔާ ސްކީމް“ގެ ދަށުން ގޯތިތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ހައުސިންގް ޑިވެލޮޕްމެންޓު ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލތައް ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށް ބިނާ ވެފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށްޓަކައި ހަމަޖެހިފައިވާ ޕްލޮޓުތައް ކްލިއާރ ކޮށް، ގޯތިތައް ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް އެޗްޑީސީއިންވަނީ ހައުސިންގް މިނިސްޓްރީ އާއި އެކު މަސައްކަތްތަކެއް ކޮށްފައެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ މަސައްކަތްތައްވެސް ކުރެވިފައިވެއެވެ. އެގޮތުން އެޗްޑީސީ އަދި ހައުސިންގެ ގުޅިގެން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ ޕްލޭނުގައި ހުޅުމާލޭގެ ފޭސް ދެއެއްގެ އެކި ސަރަހައްދުތައް ހިމެނެއެވެ. އަދި ގޯތި ލިބިފައިވާ ފަރާތްތަކުގެ ނަންތައް މި އަންނަ މާރޗު މަހު އާންމުކޮށް އިއުލާންކުރަން ހައުސިންގ މިނިސްޓްރީން ނިންމާފައިވާކަމަށާއި، މިހާރު ކުރެވެމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް ކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، މިހާރު ވަމުންދަނީ ގޯތި ދިނުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން ޔޫޓިލިޓީ ހިދުމަތްތައް ގާއިމު ކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: