ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ ރައީސްކަމުގައި ހުންނަވާނަމަ ރައީސް ސާލިހަށް އިންތިހާބު ކާމިޔާބު ކޮށްދޭން މަސައްކަތްކުރަންޖެހޭނެ: މަވޯޓާ

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ރައީސުލްޖުމްހުރިއްޔާއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި މުހައްމަދު ނަޝީދު ހުންނަވަނީނަމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދޭން ޖެހޭނެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއިން ލިބުނު ނާކާމިޔާބީ ގަބޫލު ނުކޮށް ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކެމްޕެއިން ޓީމުގެ ފަރާތުން ކެނޑިޑޭޓެއް ކަނޑައާނެކަމަށެވެ. އެމަނިކުފާނުގެ ތާއިދު ރައީސް ސާލިހަށް ނެތްކަން ހާމަވެފައިވާއިރު، އިބްރާހީމް ޝަރީފް ޓުވީޓެއް ކުރައްވާ ވިދާޅުވީ، ޕާޓީ އެކަތިގަނޑަކަށް ހެއްދެވުމަށް މަސައްކަތްކުރެއްވުމާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕާޓީގެ ކެނޑިޑޭޓު ރައީސް ސާލިހަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށެވެ.

ޕާޓީއިން ނެރޭ ކެނޑިޑޭޓަކަށް ތާއިދުކޮށް، އެ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކުރުމާއި އަދި ވޯޓު ދިނުން ޕާޓިގެ އަސާސީ ގާވާއިދުން ލާޒިމްކުރި ނަމަވެސް، ނާކާމިޔާބީ ލިބުނަސް ރައީސް ސާލިހާއިއެކު މަސައްކަތްނުކުރައްވާނަންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަސާސީ ގަވާއިދާއި ޕާޓިގެ މެންބަރަކުން ހިލާފުވަނީނަމަ އެ މެންބަރަކަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު ޕާޓިއަށް ލިބިގެންވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: