ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލު ޒަކާތުގެ ނިސާބަކީ 7062.50 ރުފިޔާކަމަށް ކަނޑައަޅައިފި

ޒަކާތް ބަލައިގަތުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލު ޒަކާތުގެ ނިސްބަތަކީ، 7062.50 ރުފިޔާކަމަށް ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ ހޯމަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 7،062.65 ރުފިޔާކަމަށް ކަނޑައަޅާފައިވާކަމަށެވެ.

މުދަލުގެ ޒަކާތަކީ އިސްލާމް ދީނުގެ ރުކުނަކަށް ވީ ހިނދު އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ ވަރަށް ފައިސާ ހުރެ އެ ފައިސާ ހުންނަތާ ހިޖުރީއެއްވުމުން ޝަރުއީ ހަމަތަކާއި އެއްގޮތަށް އޭގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ނެރުމަށް ނަސޭހަތްތެރިވުމެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 91 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ޒަކާތް ނެރުން ވާޖިބުވާ މުދަލުގެ ބާވަތް ތަކުގެ ތެރޭގައި ހިމެނެނީ ފައިސާ އާއި ރަނާއި ރިހި އަދި ބިމުގެ މައުދަންތަކާއި ރިކާޒުގެ އިތުރުން ވިޔަފާރި މުދަލާއި މޭވާއާއި ގޮވާމުގެ ބާވަތްތަކާއި ގެރި ބަކަރި އަދި ޖަމަލު ފަދަ ތަކެތި ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީއަށް ދައްކަމުން އައި މުދަލު ޒަކާތް، ބަލައިގަންނަމުން ދަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. އެ މީހަކު ޒަކާތް ދައްކަން ޖެހޭ މިންވަރު ބެލުމަށް ފަހު، އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު މީރާއިން ވަނީ ހަމަޖައްސާފަ އެވެ.

އަހަރުގެ ކޮންމެ ދުވަސްވަރެއްގަ މުދަލު ޒަކާތް ދެއްކިދާނެއެވެ. އެއީ އަތުގައި ހުރި މުދަލުން އަހަރު ވުމަށްފަހު ދައްކަންޖެހޭ ދީނީ ވާޖިބެކެވެ. ރަންރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން، ކޮންމެ އަހަރެއްގައި ވެސް މުދަލުޒަކާތް ދައްކަންޖެހޭ ވަރަށް ބަދަލު އާދެއެވެ. މުދަލުން ޒަކާަތް ވާޖިބުވާ ވަރު ރާއްޖޭގައި ބަލަމުން އަންނަނީ ރިހީގެ އަގުންނެވެ. އަތުގައި އެވަގުތަކު ހުރި މުދަލުން ނިސާބު ހަމަވާނަމަ އޭގެއިން 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗައް ވާޖިބުވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: