ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލު ޒަކާތުގެ ނިސާބު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މުދަލު ޒަކާތުގެ ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މުދަލު ޒަކާތުގެ ނިސާބަކީ 7241.15 ރުފިޔާ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 6878.20 ގަ އެވެ.

އިސްލާމިކް މިނިސްޓްރީއަށް ދައްކަމުން އައި މުދަލު ޒަކާތް، ބަލައިގަންނަމުން ދަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. އެ މީހަކު ޒަކާތް ދައްކަން ޖެހޭ މިންވަރު ބެލުމަށް ފަހު، އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު މީރާއިން ވަނީ ހަމަޖައްސާފަ އެވެ.

އަހަރުގެ ކޮންމެ ދުވަސްވަރެއްގަ މުދަލު ޒަކާތް ދެއްކިދާނެއެވެ. އެއީ އަތުގައި ހުރި މުދަލުން އަހަރު ވުމަށްފަހު ދައްކަންޖެހޭ ދީނީ ވާޖިބެކެވެ. ރަންރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން، ކޮންމެ އަހަރެއްގައި ވެސް މުދަލުޒަކާތް ދައްކަންޖެހޭ ވަރަށް ބަދަލު އާދެއެވެ. މުދަލުން ޒަކާަތް ވާޖިބުވާ ވަރު ރާއްޖޭގައި ބަލަމުން އަންނަނީ ރިހީގެ އަގުންނެވެ. އަތުގައި އެވަގުތަކު ހުރި މުދަލުން ނިސާބު ހަމަވާނަމަ އޭގެއިން 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗައް ވާޖިބުވާނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު، މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 12.7 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު މި މުއްދަތުގައި މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 13 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: