ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖްކުރުމަށް އައްޑޫ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖްކުރަން އައްޑޫގެ ރައްޔިތުން ހޭލުންތެރިކުރުމަށް އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާ އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން އައްޑޫ ޑަބްލިއުޑީސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތަަށް (ޓްރެއިން އޮފް ދަ ޓްރެއިނަރ) ޓީއޯޓީ ސެޝަނެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. މި ސެޝަންތަކުގައި ކުނި މެނޭޖް ކުރުމުގެ ޤާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

މީގެ އިތުރުން އައްޑޫގެ ކުނި މެނޭޖްކުރުމުގައި ގެންގުޅޭ ނިޒާމާއި އައްޑޫގައި ކުނި މެނޭޖްކުރުމަށް ވެމްކޯ އިން ކުރެވުމުންދާ މަސައްކަތުގެ އިތުރުން އައްޑޫގައި މިނިސްޓްރީން ހިންގާ ސަރަހައްދީ ފެންވަރުގެ ޕްރޮޖެކްޓްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ފަރުމާކުރެވެމުންދާ އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ޒިޔާރަތްކޮށް މި މަސައްކަތާއިގުޅޭ މައުލޫމާތު  ދިނުމަށްވެސް ވަނީ ރާވާފައެވެ.

މި ޓީއޯޓީ ސެޝަންގެ ތެރޭގައި އައްޑޫގެ ގޭބީސީ ތަކަށް ގޮސް މައުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނު ސެޝަނެއްވެސް ޑަބްލިއުޑީސީ މެމްބަރުންނަށް ދިނުމަށް ވަނީ ރާވާފައެވެ.

މި ޓީއޯޓީ ސެޝަންތަކަށް ފަހު ޑަބްލިއުޑީސީ މެމްބަރުން ގެ ފަރާތުން އެކުލަވާލާ ވަކި ޙައްސަ ޕްލޭނެއްގެ ދަށުން އައްޑޫ ސިޓީގެ ގޭބީސީތަކަށް ދޮރުން ދޮރަށް މައުލޫމާތު ދިނުމަށް ވެސް މި ޕްރޮގްރާމް ގެ ދަށުން ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: