ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ހިނގާލުމަށް ހުރަސްއެޅި ސައިކަލު 15 ދުަވަހަށް ޓޯކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބޭއްވި “ބުންވަރު” ހިނގާލުމަށް ހުރަސްއެޅި ސައިކަލެއް 15 ދުވަހަށް ޓޯވ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސިޔާސީ ޕާޓީއަކުން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހުގައި ވަނީ ޓްރެފިކް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައި ކަމަށެވެ.

އިދިކޮޅުން މިއަދު ކުރިއަށްދިޔަ ހިނގާލުމަކީ މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސްއަބްދު ޔާމީން އަށް ކާމިޔާބު ކޮށްދިނުމަށް ކުރިއަށްގެންދާ ހޯޕް ކޮންފަރެންސްގެ ތެރެއިން ކުރިއަށް ދިޔަ ހަރަކާތެއް ކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ހިނގާލުމުގައި ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން ރައީސް ޔާމީން އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މިއަދުގެ ހިނގާލުން ހަވީރު 4 ޖެހިއިރު ޕީޕީއެމް އޮފީސް ދޮރުމަތިން ފަށައިގެން މަޖީދީ މަގު މާފަންނާއި ހިސާބަށް ކުރިއަށް ގެންގޮސްފައިވެއެވެ.

ހިނގާލުން ނިންމާލާފައިވަނީ ހާއްސަ ދުއާ އަކުންނެވެ. މި ހިނގާލުމުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރުމާއި ގުޅިގެން އިދިކޮޅުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް މާލޭގައި ކުރަމުންނެވެ. އެގޮތުން ހޯޕް ކޮންފަރެންސް ފެށުމުގެ ކުރިން ކޮންމެ ރެއަކު ހެން އިދިކޮޅުގެ މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވަނީ ސިޔާސީ ހުކުމެއް ކަމަަށް އިދިކޮޅާއި ރައީސް ޔާމީންގެ ވަކީލުން ތުހުމަތުކުރެއެވެ. އެހެންކަމުން އިދިކޮޅުން ބުނަމުން ގެންދަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވަނީ މަނީ ލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ދައުވާއެވެ. އެދެދައުވާ ވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

 

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: