ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީޑީސީއަކީ ގިނަ ބަޔަކަށް އޭގެ ފައިދާކުރާނެ ގޮތަށް ރައީސް މައުމޫނު ފެއްޓެވި މަސައްކަތެއް: ޝާހިދު

އެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި މިނިސްތަރ ޝާހިދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީޑީސީއަކީ ގިނަ ބަޔަކަށް އޭގެ ފައިދާކުރާނެ ގޮތަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ފެއްޓެވި މަސައްކަތެއްކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ 2006 ގައި އެމްޓީޑީސީ އުފެދިގެން އައި އިރު އެމްޓީޑީސީ އާއިމެދު ރައްޔިތުން ވަރަށް ފޮނި އުއްމީދުތަކެއްކުރިކަމަށެވެ.

ޝާހިދު ވިދާޅުވީ އަހަރެއް ފުރިގެން އެކަމެއް ފާހަގަކުރާނީ ދެ ބޭނުމެއްގައިކަމަށެވެ. އަދި އެއީ މާޒީއިން އިބްރަތް ހާސިލް ކުރުމަށާއި ކުރިއަށްކުރާ އުއްމީދުތައް ރާވާލާ ތަރުތީބުކޮށް، އަމާޒަށް ވާސިލްވާން ހުރި ކަންކަން ކަނޑައެޅުންކަމަށެވެ.

15 އަހަރުވުން ފާހަގަކުރުމަށް ބޭއްވި ޖަލްސާއިން މި ދެ ކަންތައްވެސް ހާސިލްވެގެން ދިޔަކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އޭނާގެ އުއްމީދަކީ އެމްޓީޑީސީ އަދިވެސް ގިނަ ދުވަހު އެ ކުރަމުންގެންދާ މަސައްކަތުގައި ދެމިއޮތުންކަމަށެވެ.

އަޅުގަނޑުމެންގެ މިއަދުގެ ބޯޑުން މިއަދުގެ ޗެއާމަން މިއަދުގެ އެމްޑީގެ ވިސްނުންފުޅާއި ދުރު ރާސްތާއަށް ވިސްނަވަމުންގެންދަވާ ކަންތައްތަކާއި ބެހޭގޮތުން އަޅުގަނޑުމެންނަށް މައުލޫމާތުތައް މިރޭ ލިބިއްޖެ. މިކަންތައްތަކުން އެގެނީ މިހާރު އެމްޓީޑީސީގެ އަމާޒު ހިފާފާ ހުރީ ވަރަށް ތަނަވަސް އުޖާލާ މުސަތަގުބަލަކާއި ދިމާލަށްކަން.

ޝާހިދު ވިދާޅުވީ އެމްޓީޑީސީގެ އަމާޒު ހިފާފައިހުރީ އުޖާލާ މުސްތަގުބަލަކާއި ދިމާލަށްކަން ހާމަވެއްޖެކަމަށެވެ. އަދި އޭނާ ވަނީ ކަނޑައަޅާފައިވާ ލަނޑުދަޑިތަކަށް ވާސިލްވުމަށް އެމްޓީޑީސީ އިން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އެމްޓީޑީސީއަކީ މުޅި ރާއްޖޭގައި އުފެދިފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ރައްޔިތުންގެ ގިނަ ބަޔަކަށް އޭގެ ފައިދާކުރާނެ ގޮތަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ފެއްޓެވި މަސައްކަތެއްކަމަށް ފާހަގަކުރައްވާ ޝާހިދު ވަނީ ރައީސް މައުމޫނު ކުރެއްވި މަސައްކަތްތަށް މަތިންވެސް ހަދުމަކޮށްފައެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި ހުރިހާ ބޯޑަރުތަކެއް ބަންދުކޮށް، ރާއްޖޭގެ ބޯޑަރު ބަނދުކުރިއިރުވެސް އެމްޓީޑީސީއަށް އޭގެ އަސަރުނުކުރާކަމަށެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައީސް މަޢުމޫން އަކީ ވަރަށް ޙިކްމަތްތެރި ދުރުވިސްނި ވަޑައިންނަވާ، ރައްޔިތުންނާ ޤައުމަށް އެންމެ ހެވާ ލާބަ އަދި ރައްޔިތުންނަށް އެކަމަކުން ފޮނި މީރުކަން ނުލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ކުރެއްވި އަދި ކުރައްވާނެވެސް ބޭފުޅެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: