ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ އަމާޒަކީ ކުޑަގިރި އިތުރަށް ފުރިހަމަ ކުުރުން: އާތިފް

އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު އާތިފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީގެ އަމާޒަކީ ކުޑަގިރީގައި ގާއިމްކޮށްފައިވާ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުން ކަމަށާއި އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި އާތިފް ވިދާޅުވީ ރައްޔިތުންނަށް އުފާފާގަތި ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ކުޑަގިރި ތަރައްގީކުރުަމަށް ރައީސް ސާލިހްގެ ފަރާތުން ލިބުނު އިރުޝާދާއެކީ މަސައްކަތް ނިންމާލެވުމަކީ މިއަދު ލިބޭ އުފަލެއްކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި އެރަށުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުންކަމަށް އާތިފް ވިދާޅުވިއެވެ.

އެޗްޑީސީން ކުޑަގިރި މެނޭޖްކޮށް ބެލެހެއްޓުމުގައި މިހާރު ގާއިމްކޮށްފައިވާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްކުރާނެކަމަށް އާތިފްގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކުޑަގިރީގައި ގާއިމްކޮށްފައިވާ ހިދުމަތްތައް އިތުރަށް ފަސޭހަކޮށް  ލުއިކޮށް އެޗްޑީސީގެ ޒިންމާއަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުން ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފްގެ ވާހަކައިގައި ގޮތުގައި ކުޑަގިރި އެގޮތުގައި ދެމިއޮންނާނީ ރަށް ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއެކުގައިކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: