ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ފަށައި، އެމްޓީސީސީގެ އަމާޒު ތިން ދުވަހުން ސްޓެލްކޯ އާއި ހަމައަށް ތާރު އެޅުމަށް!

މަސައްކަތާއި ހަވާލުވިތާ 24 ގަޑިއިރު ނުވަނީސް އެމްޓީސީސީން ވަނީ ތާރުގެ ފުރަތަަމަ ފަށަލަ އަޅާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގެ އިރުން ފެށިގެން، ސްޓެލްކޯ އިމަރާތާއި ހަމައަށް ތިން ދުވަސް ދުވަހުގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލުމުގެ އަމާޒުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަސައްކަތް ފަށައިފި އެވެ.

2010 ދުވަހުގެ ތެރޭގައި، ނުވަތަ 10 މަހުން މަސައްކަތް ނިންމާލާ ގޮތަށް ޕްލޭނިން މިނިސްޓްރީން، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލު ކުރި މަސައްކަތެކެވެ. މިދިޔަ އަހަރު ހަވާލު ކުރި މި މަޝްރޫއަކީ ތާވަލާއި އެއްގޮތަށް ކުރިޔަށް ދިޔަ ނަމަ މިހިނގާ ފެބްރުއަރީއަށް ނިމެން ޖެހޭ ސެގްމެންޓެކެވެ. އެކަމަކު، އާރުޑީސީއަށް މަސައްކަތް ނިންމާނުލެވި ދިގުލައިގެން ގޮސް ޕްލޭނިން މިނިސްޓްރީން ފަހުން ބުނީ މަސައްކަތް ނިންމާލެވޭނެކަމަށް ބެލެވެނީ މި އަހަރުގެ ސެޕްޓެމްބަރު މަހަށް ކަމަށެވެ.

އާރުޑީސީން ވަނީ ބޮޑުތަކުރުފާނު މަގުން، އަމީނީ މަގަށް ވަންނަ ހިސާބުން ފެށިގެން ސިނަމާލެ ފްލެޓުތަކާއި ހަމައަށް މަގު ކޮނެފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ތަން އެއްގޮތަށް އޮތުމުގެ ސަބަބުން ގިނަ ދަތިތަކާއި ދިމާވެފައި ވެއެވެ.

ތާރު އެޅުމަށް ބޭނުންވާ ބައެއް މެޝިނަރީތައް ބެހެއްޓުމަށް ބިން ނެތުމުގެ ސަބަބުން މިނިސްޓްރީން އެމްޓީސީސީ އާއި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަވާލު ކުރުމުން މަސައްކަތް ފެށީ ހޮނިހިރު ދުވަހު އެވެ.

މަޝްރޫއު އާއި ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒަމް ”ސަންގު“ އަށް ވިދާޅުވީ، އާރުޑީސީން އެ ކުންފުންޏާއި ހަވާލު ކުރީ ސްޓެލްކޯ އިމާރާތް ނިމޭ ހިސާބަށް ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ތިން ދުވަހުގެ ތެރޭގައި ނިންމާލާނެކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ މި ހަފްތާގެ ބުދަ ދުވަހެވެ.

އާޒިމް ވިދާޅުވީ މި މަަސައްކަތުގައި އެމްޓީސީސީގެ 60 މުވައްޒަފުން 24 ގަޑިއިރު މަސައްކަތް ކުރަމުން ދާނެކަމަށެވެ. އަދި 12 ހެވީ ވެހިކަލް ބޭނުން ކުރާކަން ފާހަގަކުރެއްވި އެވެ.

އެމްޓީސީސީން މަސައްކަތް ފަށައި މިހާރު ވަނީ، އާރުޑީސީން ޕޭވިންގެ މަސައްކަތް ނިންމާފައި އޮތް ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ ކުރިން ލާން ޖެހޭ އޭބީސީ ފަށަލަ އަޅާފަ އެވެ.

ނިންމުން ނިންމި ސަބަބެއްކަމަށް އަކްރަމް ވިދާޅުވެފައި ވަނީ، އާރުޑީސީގެ ތާރު މެޝިނެއް ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް އެ ކުންފުނީގެ މެޝިން ބަހައްޓައގެން އަމީނީ މަގުގެ ދެން އޮތްބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ބިން ހަމަނުޖެހޭކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ދެއްކެވި ވާހަކައަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އާރުޑީސީގެ ތާރު މެޝިންތައް ބަހައްޓާނެ ބިން ހަމަނުޖެހޭތީ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރިއިރު އެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސާނެ ގޮތަކާއި މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ވަނީ މަޝްރޫއު ކުރިޔަށް ނުގެން ދެވުނީ އާރުޑީސީއަށްކަމަށް ބުނެފަ އެވެ.

ރައްދުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އެމްޓީސީސީން މި ވަގުތު އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ދާއިރު އެ ކުންފުންޏަށް ބިމުގެ ދަތިތައް ދިމާ ނުވާނެކަމަށެވެ. އެހެންވެ، އާރުޑީސީއަށް ބިން ހަމަޖެހެން ދެން ތިބުމުގެ ބަދަލުގައި ދެ ކުންފުނިން އެއްބަސްވެ ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ހަތް އަހަރުގެ ތެރޭގައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އޭނާގެ 07 އަހަރުގެ ހައުސިން މިނިސްޓަރުކަމުގައި ނުކުރެވުނު މަސައްކަތް ނިންމާނެކަމަށް ވިދާޅުވެ މޫކޭ ފެއްޓެވި އަމީނީ މަގުގެ މަސައްކަތުގެ ދުވެލި ލަސްވުމުގެ ސަބަބުން އޭނާ އާއި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.

އެމްޓީސީސީން މަސައްކަތް ކުރިޔަށް ގެންދާގޮތް އަވަސްކަން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އާޒިމް އާއި ކުންފުންޏަށް ތައުރީފު ކުރައްވަ އެވެ. އަމީނީ މަގުގެ ސެގްމެންޓެއް އެމްޓީސީސީ އާއި ހަވާލު ކުރުމުން، ގިނަ ބަޔަކު ވަނީ އެ ކުންފުނިން ހަފްތާއެއްގެ ތެރޭގައި މަސައްކަތް ނިންމާލާނެކަން ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: