ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލުގައި ޖެހިފައިވާ ތުރުކީގައި ލޫޓުވުމާއި ވައްކަން އަދި އޮޅުވާލުމުގެ އެތައް މައްސަލައެއް!

ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުވަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންހެލުމުގެ ސަބަބުން އެތައް ގެއްލުމެއް ވެފައިވާ ތުރުކީގައި ލޫޓުވުމާއި، ފޭރުން އަދި ވައްކަން ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާނާތްތެރިވުމުގެ މައްސަލައިގައި 98 މީހެއް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ ގައުމުގެ ސަރުކާރުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފިއެވެ.

ތުރުކީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ލޫޓުވުން އަދި ވައްކަން ކުރުން ފަދަ އަމަލުތައް ހިންގަމުންދާކަމަށް ޝައްކު ކުރެވޭ 42 މީހެއްގެ މައްޗަށް ތަހުގީގުތަކެއް ހިންގާފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 40 މީހަކު ހައްޔަރުވެސް ކޮށްފައިވެއެވެ. އަދި އެ މީހުންގެ އަތުން ބަޑިތަކާއި، ގަހަނާ އަދި ބެންކު ކާޑުތަކުގެ އިތުރުން ފައިސާވެސް ހޯދިފައިވާކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ހަރަކާތްތެރިވާ މީހުންކަމަށް ހެދިގެން އުޅުނު ދެ މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުން އެ ވަގުތު މަސައްކަތްކުރަމުންދިޔައީ ކާބޯތަކެތި ބަރުކޮށްފައިވާ 6 އުޅަނދެއް ލޫޓުވާލުމަށް ކަމަށް ތުހުމަތުކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

ތުރުކީގެ ސަލާމަތީ ބާރުތަކުންވަނީ ހާލުގައިޖެހިފައިވާ މީހުންނަށް އޮޮޅުވާލުމުގެ މައްސަލައިގައިވެސް 6 މީހަކު ހައްޔަރުކޮށްފައިކަމަށާއި، ހާލަތު ގޯސް ސަރަަހައްދުތަކަށްގޮސް ގޭގެ ލޫޓުވާ ވައްކަން ކުރި މައްސަލައިގައިވެސް ބަޔަކު މީހުން ހައްޔަރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: